ވާހަކަ

ތަފާތު

އެއްދުވަހަކު އަމީގެ މަންމަ ވަރަށް މީރުކޮށް އައިސްމައިލޯ  ތައްޓެއް ގިރައިގެން އައިސް އެނާގެ ދަރިފުޅު އަމީއަށް ދިނެވެ. އޭނާ އެތައްޓަށް ބަލާލުމަށްފަހު ބުންޏެވެ. “މަންމާ! މިއެއް ނުބޯނަން…. މި މީރެއް ނުވާނެ…” ދަރިފުޅު މައިލޯ ނުބޯން ބޮޑާހާކަން ފެށިއެވެ. “ދަރިފުޅު ތީގެ ރަހަވެސް ނުބަލާ ތިބުނީ މީރެއް ނުވާނެޔޭ! ތީގެން ފޮދުވަރެއް ބޯލުމުން ދޯ އެނގޭނީ މީރުކަމެއް ވެސް” މަންމަ އަމީއަށް ވިސްނައިދޭން އުޅުނެވެ. އަމީ ބަސް ގަބޫލު ކުރާގޮތެއް ނުވުމުން މަންމަ އިރުކޮޅަކު ވިސްނަން ހުރުމަށްފަހު ބަދިގެއަށް ދިޔައެވެ.

އަނެއްކާވެސް އައިސްމައިލޯ ތައްޓެއް ހިފައިގެން އައެވެ. ނަމަވެސް މި ފަހަރު މައިލޯ އަޅާފައި ހުރީ ކުރިން ގެނައި ތަށިނޫން ތަފާތު ތައްޓަކަށެވެ. އަމީ ހަމަ ތައްޓަށް ބަލާލުމަށްފަހު މައިލޯ ތަށި ބޯލިއެވެ. އަދި ވަރަށް މީރުކަމުގައި ބުންޏެވެ. އޭނާއަށް އެ ތަށި ކަމުދިޔައީ ކަމުގައި ވެދާނެއެވެ. މަންމަ އޭނާގެ ދަރިފުޅަށް ކަންކަމުގައި ތަފާތު ވިސްނުން ގެންގުޅެން ޖެހޭނެ ރަނގަޅުގޮތް ބުނެދޭން ބޭނުންވިއެވެ. އަދި ރަނގަޅު ގޮތުގައި ތަފާތުތަކަށް ވިސްނަން ޖެހޭނެ ގޮތުގެ މިސާލެއް އެނާއަށް އަމިއްލައަށް ތަޖުރިބާކުރުމަށް ފުރުޞަތު ދިނެވެ.

މަންމަ ބުނެގެން އަމީ ތިން ބޯތައްޓަށް ހޫނު ފެން އެޅުމަށްފަހު އޭގެ ތެރެއިން އެއް ތައްޓަށް އަލުވިއެއް ލާން ބުންޏެވެ. އަދި ދެވަނަ ތައްޓަށް ބިހެއް ލިޔެވެ. ތިންވަނަ ތައްޓަށް ސައިފަތް ޕެކެޓެއް ލިޔެވެ. އަދި ކުޑައިރުކޮޅަކު މަޑުކޮށްލުމަށް ބުންޏެވެ. އެއަށްފަހު އަލުވި ނޮޅުމަށް ބުންޏެވެ. އަދި ބިހުގެ ތޮށިގަނޑު ވެސް ނޮޅުމަށް ބުންޏެވެ. އަދި ސައިފަތް ޕެކެޓް ތަށިން ނެގުމަށް ބުންޏެވެ. މަންމަ ބުނި ގޮތަށް އަމީ ކަންތައް ކޮށްފިއެވެ. މިހުރިހާ ކަމެއް ކުރި އިރުވެސް އަމީ ހުރީ ހައިރާން ކަމެއްގެ ތެރޭގައެވެ. މަންމަ ކުރަން އުޅޭކަމެއް ނޭނގިފައެވެ.މަންމަ އެނާގެ ދަރިފުޅަށް އޮޅުންފިލުވައިދިނެވެ. ” ތިން ބާވަތް ލާފައި ހުރީ އެއް ވައްތަރެއްގެ ތައްޓަކަށް. އަދި ހުރިހާ ތައްޓަކަށްވެސް ހުރީ ހޫނު ފެން އަޅާފަ.  އެހެނަސް ކޮންމެ އެއްޗެއްވެސް ތަފާތު ވެގެން ދިޔަ ނޫން ހެއްޔެ؟ އަލުވީގެ ތޮށިގަނޑު މަޑުވެ ނޮޅައިލަން ފަސޭހަވި ދޯ؟ އަދި ބިހުގެ ތޮށިގަނޑު އޮތީ ހަރުވެފަ ނޫންތަ؟ އަދި ސައިފަތް ޕެކެޓް ލީ ތަށި ތެރެއަށް ސައިފަތުގެ ކުލަ ފެތުރިފައި ހުރިދޯ؟  ކޮންމެ އެއްޗަކަށްވެސް ލިބިފައިވަނީ ތަފާތު ސިފައެއް. އެކަން ޤަބޫލުކުރަން ވާނެ. ނަމަވެސް ދަރިފުޅަށް މިއަދު މަންމަ މި ގިރައިދިން މައިލޯ ތަށި ދަރިފުޅު ނުބައިވާނެއޭ ބުނީ ތައްޓަށް ބަލާފަ ކަން މަންމައަށް އެނގުނެ. މަންމަ ހަމަ އެމައިލޯތަށް އެހެން ތައްޓަކަށް އެޅުމަށްފަހު ދަރިފުޅަށް މި ދިނީއެ. އަޅެ މީރެއް ނޫން ހެއްޔެ؟” އަމީ ވަރަށް ރަކިވެއްޖެއެވެ. އަދި މަންމަ ކުރެން މަޢާފަށް އެދުނެވެ.  )ނިމުނީ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close