ވާހަކަ

ކޮކާފަނި

ރެއަކީ ކަޅުފޮއިގެ ރެއެކެވެ. މުޅި ހިސާބަށް ވެރިވެފައިވަނީ ކަނު އަނދިރިކަމެވެ. މި އަނދިރިކަމުގެ ތެރޭގައިވެސް މަރިޔަމްގެ ހުރި ހަމައެކަނި ދަރިފުޅު ޒީނާ އޮތީ ޓީވީ ބަލާށެވެ. ޓީވީ ބަލަން އޮތްވެގެން އޭނާ މަޑުމަޑުން ކަނާއަތުގެ ނިޔަފަތި ކަމުން ދިޔައެވެ. އަދި ބޮލުގެ އިސްތަށިގަނޑުން އިސްތަށިކޮޅެއް ނަގާ ޝަހާދަ އިނގިއްޔަށް އޮޅަމުންދިޔައެވެ.

    މި ކަންތައްތަކަކީ ޓީވީ ބަލައި ހަދާއިރު އަބަދުވެސް ޒީނާއަށް ބޭއިޙުތިޔާރުގައި ކުރެވޭ ކަންކަމެވެ. އެނާ އޮތީ ކުރީގެ ހިންދީ ލަވަ ސިޑީއެއް އަޅުވައިގެންނެވެ. ޒީނާ އަބަދުވެސް ފޫހިކަމެއް ނެތި ހިންދީ ލަވަ ބަލާ އަޑުއަހާ ހަދައެވެ. މިހެން ލަވަ ބަލަން އޮށޯވެ އޮއްވާ ކުއްލިއަކަށް ލަވައިން ފެނިގެން ދިޔައީ ކޮކާތަކެއް އުދުހެމުން ދިޔަ މަންޒަރެކެވެ. މި މަންޒަރު ފެނުމުން ކުއްލިޔަކަށް އޭނާގެ ހަނދާނަށް އައީ އޭނާގެ އެންމެ ގާތް އެކުވެރިޔާ މަތިންނެވެ. އެ އެކުވެރިޔާއާއި މެދު ކަންތައް ކުރެވުނު އިހާނެތި ގޮތުގެ ހަނދާނެވެ. ހަމަ އެވަގުތު އޭނާގެ ސިކުނޑީގައި އެ މަންޒަރުތައް ސިފަވަމުން ދިޔައެވެ.

     އެއީ މީގެ ހަތަރުމަސް ދުވަސް ކުރިއެވެ. ޒީނާއި އޭނާގެ އެކުވެރިޔާ، ސުކޫލުން ނިމިގެން ކޮންމެ ދުވަހަކުވެސް ދަނީ އެރަށުގެ ދެކުނު ފަރާތުގައި އޮއްނަ ކުޅިއަށެވެ. އެތަނުގައި ތިބެ ލަވަ ލިޔެ އަދި ލަވަކިޔާ ހަދައެވެ. މިގޮތަށް މަޖާކޮށް ސަކަރާތް ޖަހައި ހަދައިފަ ގެއަށް އަންނަނީ އިރުއޮއްސެން ކައިރިވުމުންނެވެ.

ގުޅުންހުރި ލިޔުންތައް

      އިރުއޮއްސެންވާއިރަށް ގެއާއި ހަމަޔަށް އާދެވެނީ ވަރަށް ހަލުވިކޮށް ހިނގައިގެންނެވެ. ސަބަބަކީ އެ ކުޅިއަކީ ރަށުގެ ދެކުނުފަރާތު އަތިރިމަތީ އޮއްނަ ކުޅިއަކަށްވެފައި، އެމީހުންގެ  ގެހުންނަނީ ރަށުގެ އުތުރުފަރާތުގައި ކަމަށް ވާތީއެވެ. ކުޅި ކިތަންމެ ދުރުކަމުގައި ވިޔަސް، އެދެކުދިން އެތަނަށް ގޮސްފައި ނޫނި ގެއަކަށެއް ނާންނާނެއެވެ.

       އެއްދުވަހެކެވެ. ސުކޫލުން ނިމިގެން ދަމުން ޒީނާ އޭނާގެ އެކުވެރި ރާޔާއަށް ދަޢުވަތު ދިނެވެ. އެއީ ޒީނާ ރައްޓެހި ވާން އުޅޭ ނައުފަލުގެ އުފަންދުވަހުގެ ޕަޓީއަށެވެ.  ރާޔާ އުފަލުން ދަޢުވަތު ގަބޫލުކުރިއެވެ. ވެދާނެއެވެ. އޭނާ ދެކޭ ގޮތުގައި  އަބަދުވެސް ޒީނާގެ އުފާތަކުގައި ބައިވެރިވުމަކީ  އޭނާއަށް ވަރަށް މުހިއްމުކަމެކެވެ.

      ކޮންމެއަކަސް އިރުއޮއްސުމާއި އެކު ރާޔާ ތައްޔާރު ވަމުން ދިޔައީ ޕަޓީއަށް ދިޔުމަށެވެ. ވިލުނޫ ކުލައިގެ ރީތި ހެދުމެއް އެނާ އިސްތިރި ކުރިއެވެ. އެ ހެދުމަކީ އޭނާގެ ލޯބިވެރިޔާ، ހަމްދާނަށް ވެސް އެންމެ ކަމުދާ ހެދުމެވެ. ރާޔާ މޭކަޕް ކުރަމުން ދިޔައިރު ވިސްނަމުން ދިޔައީ ޒީނާ ލަނީ ކޮން ކުލައެއްގެ ހެދުމަކާއި މެދުގައެވެ. ޔަޤީނެވެ. އޭނާވެސް ބޭނުންވަނީ ޒީނާ ލައި ހެދުމުގެ ކުލައިގެ ހެދުމެއް ލާށެވެ. އެހެންނަމަވެސް ޒީނާ ލަމުން ދާ ފަދަ ރީތި ހެދުންލައި އުޅޭ އެހެން އަންހެން ކުއްޖަކު އެރަށަކު ނޫޅެއެވެ.

       ” ނޫޅޭ… އޭނަ މިހާރު ވީ މާލޭގަ. “. ނައުފަލު ވާހަކަ ދެއްކީ ނަލަހެދިގެން އައިސް ތިބި ކޮކާތަކެއް ފަދަ ރާޔާ މެންނާއެވެ. އޭނާ ނައުފަލު ގާތުގައި އެހީ ހަމްދާނުގެ އެކުވެރިންނަށް ދަޢުވަތު ދިންތޯއެވެ. އޭނާ އެހެން އެހި  ސަބަބަކީ ހަމްދާނުގެ މޫނު މަތިން އެހާ މަޖާކަން ނުފެންނާތީއެވެ. އެހެންނަމަވެސް ޕަޓީއަށް އައިސް ތިބި ހުރިހާ ކުދިން މަޖާކޮށް ސަކަރާތް ޖަހައި ހަދަމުން ދިޔައެވެ. އުފަން ދުވަހުގެ ކޭކު ފެޅުމަށްފަހު އޮތީ ލަވަޔާއި މިއުޒިކު ކުޅުމެވެ. (ނުނިމޭ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close