ވާހަކަ

ސިލްސިލާ ވާހަކަ – އެ ހިނދުކޮޅު …….

އުޑުމަތި ނުހަނު ސާފު ދުވަހެކެވެ. ލޮނުޒިޔާރަތްކޮޅުގައި ހޮޅިއަޅަންއުޅޭ ކުދިންގެތެރޭގައި ޙަލީމް އުޅުނީ މިހާރުގެގޮތުން ބުނާނަމަ، ވަރަށް އައުޓްސްޓޭންޑިންގ ކުއްޖެއްގެ ގޮތުގައި ވެގެންނެވެ. އެކި ސްޓައިލްތަކަށް އަދި އެކިގޮތްގޮތަށް ރާޅާއަޅާ ކުއްޖަކީ އޭނާއެވެ. އޭނާގެ ޙަރަކާތްތައް ވަރަށް ސަޅިއެވެ. އޭނާ މިހިސާބަށް އަތުވެއްޖެނަމަ، އަހަރެންގެ ސަލާމް ވައްޓާލަންކެރޭނެތަ؟ ގޮނޑުދޮށުގައި ހުރި މާޝާގެ ރަޙުމަތްތެރި ރީޝާއާއި  މުޚާޠަބުކޮށް މާޝާ ބުންޏެވެ.

ރީޝާ: (ހީގެންފައި) މިހާރު ހިތްކީ ދޯ؟ ހެޔޮނުވާނެ ތިވަރުވާކަށްނުވާނެ.

މާޝާ: ކީތްތަވީ. މިއީއަކީ އަލަކަށް އޭނާއާ ބައްދަލުވީ ފަހަރެއްނޫނެވެ. އެއީ ސްކޫލްގައި ވަރަށް ހިޓް ކުއްޖެކޭ. މަށަށްއަދި އެންމެ ބެސްޓީ އޭނާގެ ހެއަރ ސްޓައިލް.

ގުޅުންހުރި ލިޔުންތައް

ރީޝާ: މަށަކަށް އެވައްތަރެއް ކަމަކުނުދޭ. މަށަށްރަނގަޅީ….. މިހާހިސާބަށް ދެކުދިންގެ ވާހަކަ ދިޔަތަނާ ޙަލީމް، އޭނާގެ ރަޙުމަތްތެރިންނާއެކު މޫދުން އަރައިގެން ލޮނުޒިޔާރަތްކޮޅު ޕާކްގެތެރެއަށް ވަދެގެން އެބަދެއެވެ. އޭނާގެ ތެމިފައިވާ ފަން އިސްތަށިގަނޑު ފުރަގަހުން ބުރިކަށީގައި ތަތްވެލާފައިވެއެވެ. އަދި ތެމިފައި ހުރި ސޯޓްވެސް ތަންކޮޅެއް ތިރިއަށްޖެހިލާފައިހުރުމުން މާޝާއަށް އަދި ވަކިންރީތިވެއްޖެއެވެ. ވަކިހިސާބަކަށް އެފިރިހެންކުދިންތައް ދިޔަތަނާ ރަނޑުވައްތަރަކަށް މާޝާ ގޮވާލިއެވެ.

މާޝާ: މެދަށްހުރި ކުއްޖާގެ އެފް ބީ. އެޑް ލިބިދާނެތަ؟ މިއަޑުއަހާފައި ޙަލީމްގެ އެކުވެރިން އެންމެން އެއްފަހަރާކަހަލަގޮތަކަށް އޭނާއާއި ދިމާކުރުމުގެ ގޮތުން “ހަލިއްޓޭ ހާދަ ކާމިޔާބޭ” މިހެން ބުނެލިއެވެ. މީގެފަހުން ކޮންމެ ދުވަހަކުވެސް ރީޝާއާއި މާޝާ ލޮނުޒިޔާރަތްކޮޅަށް ފިނިބުރެއްޖަހާލުމަކީ އާދައަކަށް ހަދައިފިއެވެ. ނަމަވެސް ޙަލީމްގެ ގުރޫޕާއި ދިމާވާގޮތެއްނުވެއެވެ.

ރީޝާއަކީ ގުރޭޑް 8 އިން ފެށިގެން މާޝާގެ އެންމެގާތް ރަޙުމަތްތެރިޔާއެވެ. ދެކުދިންވެސް ކިޔެވީ އަޙުމަދިއްޔާ ސްކޫލުންނެވެ. ރީޝާހެދީ ސައިންސް ސްޓްރީމް ކަމަށްވުމާއެކު އޭނާއަށް ކުޑައިރުއްސުރެ އޭނާ އެންމެ ބޭނުންވީ ދާއިރާކަމުގައިވާ ނަރސިންގ ހެދޭގޮތްވެއްޖެއެވެ. އަދި މާޝާވެސް އެންމެ ކުރާހިތްވާކަމަކީ ކިޔަވައިދިނުންކަމުގައިވާތީ އޭނާވެސް އުޅެނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންއިން ހިންގާ ޓީޗިންގ ކޯހެއްގައި ބައިވެރިވެގެންނެވެ. ދެކުދިންނަކީވެސް ރާއްޖެތެރޭގެ ވަރަށް ތަހުޒީބީ ރަށެއްކަމުގައިވާ ނައިފަރަށް އުފަން ދެކުދިންނެވެ.

ދެކުދިންވެސް ދީނީކަންތައްތަކަށް ވަރަށްލޯބިކުރެއެވެ. ވަރަށް ކުޑައިރުއްސުރެ ދެކުދިންވެސް އުޅެނީ ބުރުގާއަޅާ ނިވާކޮށްގެންނެވެ. ފެށުނީއްސުރެވެސް ދެކުދިންގެ މިޒާޖު ވަރަށް ތަފާތެވެ. އެކަކަށް ރީތިވެއްޖެއެއްޗެއް އަނެކަކަށް ވަރަށް ހުތުރުވެދެއެވެ. އެކަކަށް ކަމުދާކަމެއް އަނެކަކަށް ކަމަކުނުދެއެވެ. މިހެންވެ ދެކުދިންގެ ދެމެދު ބައެއްފަހަރަށް ކުދިކުދި މައްސަލަތައް ޖެހުމަކީވެސް އާދައެކެވެ.

މިއަދަކީ ވަރަށްޚާއްޞަ ދުވަހެކެވެ. މާޝާގެ ފެކަލްޓީގެ ވަރަށްގިނަކުދިން ކުޑަބަނޑޮހަށް ދަތުރުދިޔަ ދުވަހެކެވެ. މާލެއިން ފުރީ ހެނދުނު ހައެއްޖެހިތަނާއެވެ. ދޯނިމަތީގައި އެއްބަޔަކު ލަވަބާޒީ އަދި އަނެއްބަޔަކު ބޮޑުބެރުޖަހަމުން ދިޔައިރު މާޝާއިނީ ޚިޔާލެއްގެ ފުންކަނޑަކަށް ޣަރަޤުވެފައެވެ. ސިފަވަމުންދަނީ ލޮނުޒިޔާރަތްކޮޅުގެ ރާޅާއަޅާ ސަރަހައްދެވެ. ސިއްރުން އަހާލެވުނުނަމަ ހަމަގައިމުވެސް އެފް ބީ އެޑް ލިބުނީސްކަން ޔަޤީނެވެ. އަސްތާ! ކުއްލިއަކަށް ކުރިމައްޗަށް އައިސް އެހުއްޓުނީ އެއްކަލަ ޒުވާނާއެވެ. އޭނާހުރީ އަޅިކުލައިގެ ސޯޓަކާއި ހުދު ޓީޝާޓެއްލައިގެންނެވެ. ކުއްލިއަކަށް އޭނާ އަހާލިއެވެ. ދެން ހަމައެފް ބީ. އެޑް ދޭންވީތަ؟ މާޝާގެ މެޔަށްހީވީ ހޫނުފެންއެއްޗެއް އަޅާލިހެންނެވެ. ބުނާނެއެއްޗެއްނޭންގި ޙަލީމްގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ ކިހާއިރެއްވަންދެންކަމެއްވެސް ނޭންގެއެވެ. އެކަމަކު…..އެކަމަކު މިދޯނި ފުރިއިރު ކަލާ ފެންނާކަށްނެތެވެ.  

  =  ދެވަނަބަޔަށް އިންތިޒާރުކޮށްލައްވާ! =

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close