ވާހަކަ

ކުރުވާހަކަ: އެދުވަސް

ފާތުމަތު ރައުޒާ

    އެއީވެސް ހަމަ މިފަދަ ދުވަހެކެވެ. މޫސުން ރީތި ދުވަހެކެވެ. ވައިވެސް ޖެހޭލެއް މަޑެވެ. ކަނޑުވެސް ގަދައެއް ނޫނެވެ. މޫސުމީގޮތުން އެދުވަހާ އެއްގޮތްކަމެއް ހުއްޓަސް،މީގެ 3 އަހަރުކުރިން “ނިޔާމީ” ބޯޓުގައި މާލެ ދާން ފުރިދުވަހު ސަނާއަށް ކުރެވުނު އިހުސާސް މިއަދު އޭނާއަށް އެ ކުރެވޭ އިހިސާސާ ވަރަށް ތަފާތެވެ. އުފަން ރަށާ މައިންބަފައިން ދޫކޮށް އެ ދުވަހު ދަތުރަށް ފުރީ ފުރާހިތަކުން ނޫނެވެ. ނަމަވެސް މިއަދު މާލެއިން އުފަން ރަށަށްދާން އެ ފުރާނީ ވަރަށް އުފަލުގައެވެ.އެއީ އޭނާގެ އާއިލާ މީހުންގެ ގާތަށް ދެވޭތީއެވެ.

           މާލެއިން ރަށަށް ދެވިއްޖެއެވެ. ސަނާ ބަނދަރަށް ފިޔަވަޅެއް އެޅިހެން ހީނުވަނީސް އޭނާގެ ކޮއްކޮ ސިނާއައިސް އޭނާގެ ގައިގައި އޮޅުލައިގަތެވެ. ސަނާއާއި ސިނާ އަކީ އެއްމާބަނޑު ދެކުދިންނެވެ. ނަމަވެސް ސިނާއަކީ ސިކުނޑީގެ މައްސަލަ ހުންނަ ކުއްޖެކެވެ. އެހެންކަމުން ސިނާ އިތުރަށް ކިޔަވަން މާލެދާން ބޭނުން ނުވިއެވެ. ދެ ކުދިންނަށް ގެއަށް އާދެވިއްޖެއެވެ. ސަނާ ދިޔައީ ސިއްސައިގެންނެވެ. އެއީ އޭނާގެ މަންމަ ވެއްޓިފާ އޮތްތަން ފެނުމުންނެވެ. އޭނާގެ ކޮއްކޮ އޭނާގެ އަތުން ދޫކޮށްލައިފައި މަންމަގެ ގާތަށް ދުއްވައިގަތެވެ. ނަމަވެސް އެވަގުތު އޭނާ ހުރީ ގަބުވެފައިއެވެ. ބުނާނެ އެއްޗެއް ނޭންގިފައެވެ. ކުރާނެކަމެއްވެސް ނޭންގިފައެވެ. އޭނާގެ ކުރިމަތިން އޭނާއަށް ސިފަވީ އޭނާ މާލޭގައި ކިޔަވަން އުޅެނނިކޮށް ދިމާވި ހާދިސާއެވެ.

ވިއްސާރަ އުޑުމަތި ކަޅުކޮށް އޮތްދުވަހެކެވެ. އަލިވިލުނީއްސުރެ ހުއްޓުމެއްނެތި ވިއްސާރަ ވެހެމުންދެއެވެ. ސަނާއާއި އޭނާގެ 3 ރަހުމަތްތެރިން ކުލާސް ގަޑިތައް ނިންމައިގެން ގެއަށްދާން ނިކުތެވެ. ނަމަވެސް ދެވޭގޮތެއް ނުވިއެވެ. ވިއްސާރަ ގަނޑުދަނީ ބޯ ކުރަމުންނެވެ. ސަނާ ވަރަށް އަވަހަށް ގެޔަށްދާން  ބޫނުންވިއެވެ. މަގުމައްޗާ ދިމާލަށް ދުއްވައިގަތެވެ. ކުއްލިއަކަށް ކާރެއް އޭނާއާ ދިމާލަށް އައެވެ. ސަނާ އަށް ލޯމާރާ ލެވުނެވެ. އަދި އެއީ އޭނާގެ ފަހު ވަގުތުއޭ ވެސް ހިތްތައެރި އެވެ. މީހުންތައް ހަޅޭ ލެވުމުގެ އަޑު އިވެން ފެށިއެވެ. ސަނާ ލޯ ހުޅުވާލިއެވެ. އަދި ވަށާއިގެން ބަލަން ފެށިއެވެ. އޭނާ  ހުރީ ހެޔޮހާލުގައިއެވެ. ސަލާމަތުންނެވެ. ކާރުގައި އޭނާ ނުޖެހުނީ ކީވެތޯ ހިތުގައި ސުވާލު އުފެދުނެވެ. އަދި އަވަހަށް ކާރާއި ދިމަލަށް ދުއްވައިގަތެވެ. އޭރު ކާރުވަށައިގެން މީހުންތައް އެއްވެފައި އޮތެވެ.

ގުޅުންހުރި ލިޔުންތައް

މީހުންތަކުގެ ތެރެއިން ސަނާ ފުރޭނިގެން އެތެރެއަށް ވަދުނެވެ. ސަނާއަށް ފެނުނު މަންޒަރަކުން އޭނާގެ ފައި ދަށުން ބިންގަނޑު ދެމިގެން ދިޔަހެން އޭނާއަށް ހީވިއެވެ. އޭނާގެ ބަދަލުގައި ކާރުގައި ޖެހިފައި އޮތީ ނަޖާހުއެވެ. އޭއީ އޭނާގެ ކުޑައިރުގެ އެންމެ ގާތް މިތުރެވެ. ސަނާ ކާރުގައި ނުޖެހުނީ ނަޖާހު ސަނާ ކޮއްޕާލުމުންނެވެ. ނަޖާހުއަށް ވަނީ ވަރަށް ބޮޑެތި ޒަހަމުތަކެއް ލިބިފައެވެ. އިރުކޮޅޭއް ނުވެ އެމްބިއުލާސްގައި ނަޖާހު ހޮސްޕިޓަލަ ގެންދެވުނެއެވެ. ވަގުތުން ނަޖާހު އަ.އި.ސީ.ޔޫ އަށް ވެއްދިއެވެ. ސަނާ ގޮނޑިއެއްގައި އިށީދުނެވެ. އަދި އަވަހަށް ނަޖާހުގެ އާއިލައަށް އެންގިއެވެ. ނަޖާހުގެ އާއިލާ އުޅުނީ މަލޭގައި ކަމުން މަގިނައިރުތަކެއް އިރުތަކެއް ނުވަނީސް އެމީހުން ހޮސްޕިޓަލަށް އަތުވެއްޖެއެވެ. ސާނާ ވީ ހުރިހާ ގޮތެއް ނަޖާހުގެ އާއިލާއަށް ކިޔައިދިނެވެ. ނަޖާހުގެ މަންމަ ހަސީނާ އަޑުން އަޑު ނަގައި ރޮނީއެވެ. ނަޖާހުގެ ބައްޕަ މުފީދުވެސް ގޮތް ހުސްވެގެން ދެކޮޅަ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ޑޮކުޓަރުންނާއި ނަރުހުން ހެލަ މޭލަވެ އުޅެއެވެ. ނަޖާހު ސަލާމަތް ކުރެވޭތޯ ކުރެވެން ހުރި މަސައްކަތެއް އެމީހުން ކުރަމުން ދިޔައެވެ.

މާގިނައިރުތަކެއް ނުވެ ފުލުހުންވެސް އަތުވެއްޖެއެވެ. ފުލުހުން އައިސް ހާދިސާ ހިނގީ ކިހިނެއްތޯ ސުވާލުކުރަން ފެށިއެވެ. ނަމަވެސް ސަނާއަށް އިދެވުނީ ގަބުއަރާފައިއެވެ. ނަޖާހު އާއި އެކު ކުރެވުނު މަޖާ ތަކުގެ ހަނދާން އާވާން ފެށިއެވެ. ސަނާ ސިއްސައިގެން ދިޔައީ ފުލުހުން ސަނާގެ ކޮނޑުގައި ކޮށްޓާލުމުންނެވެ. ސަނާގެ ބަޔާން ނެގުމަށް ފަހުން ފުލުހުން ނަޖާހުގެ މަންމަމެން ކައިރިއަށް ދިޔައެވެ. ކުއްލިއަކަށް ޑޮކުޓަރު އަ.އި.ސީ.ޔޫ ކޮޓަރިން ނިކުމެ އައިސް ސަނާމެންނާއި ދިމާލަށް އަންނަ ތަން ސަނާ އަތް ފެނުނެވެ. ސަނާގެ ހިތުގެ ވިންދު އަވަސް ވިއެވެ. ” ވަރަށް ގިނަ ލޭ ވަނީ ހަށިގަނޑުން މަދުވެފައި. މޭކަށިގަނދުވަނީ ބިދިފައި. ފަޔަށް ވެސް ވަނީ ވަރަށް ބޮޑެދި ޒަހަމުތަކެއް ވެސް ލިބިފައި. އެހެން ވުމުން އަޅުގަނޑުމެން އަދިވެސް މިދަނީ ފަރުވާކުރަމުން. އަދި ވަކި އެއްޗެއް ބުނަށް ވަރަށް އުނދަގޫ.” ޑޮކުޓަރު މިހެން ބުނެފައި އަނެއްކާ ވެސް ޑޮކުޓަރު އަ.އި.ސީ.ޔޫ އަށް ވަދުނެވެ.

5 ގަޑިއިރު އަށް ފަހު އަނެއްކާވެސް ޑޮކުޓަރު ނިކުތެވެ. އަދި ވަރަށް ދެރަވެފައި ބޯ ހޫރާލިއެވެ. އަދި ނަޖާހު ބައްޕަގެ ކޮޑުގައި އަތް ޖަހާލިއެވެ.” އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން. ނަމަވެސް… ވަރަށް ގިނަ ލޭ މަދުވެފައި ވުމުން ….. އަޅުގަނޑުމެންނަށް ނަޖާހު ސަލާމަތެއް ނުކުރެވުން.” ޑޮކުޓަރު ވަރަށް ދެރަވެފައި އެތަނުން ދިޔައެވެ. ނަޖާހު މަންމަގެ ހެޔަށް ގޮތްވިއެވެ. ސަނާ އަށް ކުރާނެ ކަމެއް ނޭނގިފައި ހުރެވުނެވެ.  ” ނަޖާހު އަކީ އަހަރެމެންގެ ހުރި ހަމަ އެކަނި ދަރި. އެ ދަރިފުޅު ވެސް މިޔަދު ކަލޭޔާ ހެދި އަހަރެމެން ނާއި އެކު ނެތް. ހަމަ ކަލޭ. ހަމަ މިހާރު މިތަނުން ދޭ. އަހަރެންގެ ކުރިމަތިން ދުރަށް ދޭ. މީގެ ފަހުން ދުވަހަކުވެސް އަހަރެން ފެންނަށް ހިސާބަށް ވެސް އައިސްގެން ނުވާނެ.” މުފީދު ސަނާގެ އަތުގައި ހިފައި އެތަނުން ދުރަށް ކޮއްޕާލިއެވެ.

ސަނާ ދިޔައީ ސިއްސައިގެންނެވެ. އެއީ އޭނާގެ ކޮއްކޮ ސިނާ އޭނާއަށް ގޮވައިލުމުންނެވެ.އޭނާގެ މަންމަ ވެއްޓިފާ އޮއްތަން ފެނުމުން އޭނާ ހަނދާން ވީ އޭނާގެ މާޒީއެވެ. މިއަދާހަމަޔައް ނަޖާހުގެ މަރަކީ އޭނާއާ ހެދި ވީ ކަމެއްކަން އޭނާ އަމިއްލައަށް ވިސްނައެވެ.އެދުވަހަކީ ދުވަހަކުވެސް އޭނާގެ ހިތުން ފިލައިގެން ނުދާނެ ލައްގަނޑެކެވެ. އެކަމުގެ ސަބަބުން އޭނާ މިއަދު ވަނީ ބަލި މީހަކައް ވެފައެވެ.އޭނާއަކި ޑިޕްރެޝަނަށް ބޭސްކަމުން ދާ މީހެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close