ޚަބަރު

ގެއްލުނު ކުއްޖާއަކީ “އަމާން ހިޔާގައި” ވަގުތީގޮތުން ބަހައްޓާފައި ހުރިކުއްޖެއް – ޖެންޑަރ

ގެއްލިގެން ހޯދާ 14 އަހަރުގެ ފިރިހެން ކުއްޖާއަކީ ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުން އަމާން ހިޔާގައި ހުރި ކުއްޖެއްނަމަވެސް އެ ކުއްޖާއަކީ އަމާން ހިޔާގައި މަރުކަޒު ކުރުމަށް ގެނެސްފައިވާ ކުއްޖެއް ނޫންކަމަށާ، އެ ކުއްޖާ އަމާން ހިޔާގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވަނީ އެ ކުއްޖާއާ ގުޅިގެން ހުށަހެޅުނު މައްސަލައެއް ބަލަމުންދާތީ ކަމަށް އެ މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

މި ކުއްޖާ ގެއްލިގެން ހޯދާތާ 6 ދުވަސް ވެފައިވާއިރު މީގެ ކުރިން ސަރުކާރުގެ އެއްވެސް އިދާރާއަކުން އެކުއްޖާ އަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ކުއްޖެއްކަން ހާމަކޮށްފައެއް ނުވެއެވެ. ޖެންޑަރ މިނިސްޓްރީންވެސް އެ ކުއްޖާއާއި ބެހޭގޮތުން އެއްޗެއް ހާމަކޮށްފައި މިވަނީ އެ ކުއްޖާއަކީ ޖެންޑަރ މިނިސްޓްރީން ބަލަހައްޓަމުންދިޔަ ކުއްޖެއްކަމަށްބުނެ ސޯޝަލް މީޑިއާގައި އެ ވާހަކަ ދައުރުވާން ފެށުމުންނެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ އެ ކުއްޖާ ގެއްލިފައިވަނީ އެ މިނިސްޓްރީން ހަދަމުންދާ އެސެސްމެންޓެއް ހެދުމަށް ހިޔާގެ ބެލުމުގެ ދަށުގައި ވަގުތީ ގޮތުން ބަހައްޓާފައިވަނިކޮށް ކަމަށެވެ.

ދަފްތަރު ނަމްބަރު 2997 ޝައިމް އަބްދުﷲ ގެއްލިފައިވަނީ ވިލިނގިލީގައި ހުންނަ އަމާން ހިޔާގައި ބަލަހައްޓަމުން ދަނިކޮށެވެ. ޖެންޑަރ މިނިސްޓްރީން ވިދާޅުވީ ވިލިނގިލީ އަމާން ހިޔާގައި އެކުއްޖާ ބަހައްޓާފައިވަނީ ދައުލަތުން ބަލަހައްޓަމުންދާ ކުދިންނާއި ވަކިން ކަމަށެވެ.

ޝައިމް ގެއްލިގެން ފުލުހުން ހޯދަން ފަށާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ އެ ކުއްޖާ ހޯދުމަށް 3 ގެއެއް މިހާތަނަށް ބަލާ ފާސްކޮށްފައިވާކަމަށެވެ. އަދި ސީސީޓީވީ ފޫޓޭޖް ބަލައިގެންވެސް ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެެވެ. އަދި މިހާރުވެސް ފުލުހުންދަނީ މި ކުއްޖާ ހޯދުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެއް ކޮމެންޓް

  1. ލަންދޫ ގަ 18 އަހަރު ނުފުރޭ ކުއްޖަކު ވިހާގެން އުޅޭ ވާހަކަ ސިއްރުކޮގެން އެބައުޅެޔޯހަހަހަހަަހަ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close