ޚަބަރު

މިދިޔަ 7 މަސްދުވަހުގެ ތެރޭގައި ޤައިދީންގެ ހައްޤުތައް ވަނީ ނިގުޅައިގެންފައި – ޕީއެންސީ

މި ސަރުކާރުގެ މިދިޔަ 7 މަސްދުވަހުގެ ތެރޭގއި ޖަލުގެ ކަންކަން ރަގަޅުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށާއި، ޖަލުގައި ތިބި ޤައިދީންގެ ހައްޤުތައްވެސް މިދިޔަ 7 މަސްދުވަހުގެ ތެރޭގައި ނިގުޅައިގަނެފައިވާކަމަށް އިދިކޮޅު ޕީޕަލްސް ނޭޝަނަލްސް ކޮންގްރެސް (ޕީއެންސީ) ބުނެފިއެވެ.

މިދިޔަ ބުރާސްފަތިދުވަހު ޖަލުގައި ހިނގި ހަމަނުޖެހުންތައް ކުށްވެރިކޮށް ޕީއެންސީ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖަލުގައި ހިނގި ލާ އިންސާނީ އަނިޔާތަކަށްފަހު މި ސަރުކާރުން އެކަން ފޮރުވާ އޮއްބާލަން މަސައްކަތްކުރިކަމަށާއި ޖަލުގައި ތިބި ޤައިދީންނަށް ޤާނުނުތަކުން ލިބިދޭން ޖެހޭ ޙައްގުތައް ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ ޒިންމާއެއްކަމާއި އެ ޒިންމާއަށް އިހްމާލުވެފައިވާކަމަށްވެސް ޕީއެންސީގެ ނޫސްބަޔާނުގައިވެއެވެ.

އެހެންކަމުން ހިއުމަން ރައިޓްސް ކޮމިޝަނުން މިކަމާއި ގުޅޭ ދެ ފުށް ފެންނަ ތަހުޤީޤެއް ހިންގައި އެފަރާތްތައް ޖަވާބުދާރީ ކޮށް މިއަމަލު ހިންގި ފަރާތަކަށް ޙައްގު އަދަބު ދިނުމަށްވެސް ޕީއެންސީގެ ބަޔާނުގައި ގޮވާލާފައިވެއެވެ. އަދި ޖަލުގައި ހިނގި ހަމަނުޖެހުންތަކުގެ މައުލޫމާތު އެއްވެސް އޮޅުވާލުމެއްނެތި ރައްޔިތުންނަށް ޙިއްސާކުރުމަށާއި ޤައިދީންނަށް ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްވެސް ޕީއެންސީގެ ބަޔާނުގައިވަނީ ގޮވާލާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close