ޚަބަރު

ޑރ.އަފްރާޝީމް ޢަލީ ގެ މަރުގެ ރިޕޯޓް ޢާއްމުކޮށްފި

2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުގެ ރޭ ވަރަށް އަނިޔާވެރި ގޮތަށް ޝަހީދު ކޮށްލެވިފައިވާ  މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލަ ތަޙްގީގުކޮށް ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓް ސަރުކާރުން ޢާއްމުކޮށްފިއެވެ.

މިރިޕޯޓް ޢާއްމުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން އެކުލަވާލި މި ރިޕޯޓު ޢާއްމުކުރުމުގެކުރިންވަނީ ކަމާގުޅޭ މުއައްސަސާތަކަށްވެސް ރިޕޯޓު ފޮނުވާފައެވެ.

ރިޕޯޓުގައިވާގޮތުން ޑރ.އަފްރާޝީމް އަވަހާރަކޮށްލި ޖަރީމާ ހިންގަން ބަޔަކާ ޙަވާލުކުރީ ރާއްޖޭގައި ހިންގާ ހަރުކަށި ޖަމާއަތެއްގެ ބަޔެކެވެ. އެ ޖަމާއަތް ހިންގަނީ މުހައްމަދު މަޒީދު ނަމަކަށް ކިޔާ މީހަކައި ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށް ރިޕޯޓުގައިވެއެވެ.

ޑރ.އަފްރާޝީމް އަވަހާރަކޮށްލީ މިމައްސަލާގައި ދަޢުވާކުރި މީހުންގެތެރެއިން ކުށް ސާބިތުވެފައިވަނީ ހ.ލޮބީ ހުސައިން ހުމާމް އަހުމަދުގެ މައްޗަށް އެކަންޏެވެ. އޭނާގެ މައްޗަށް ދަށުކޯޓުން އިއްވި މަރުގެހުކުމް ސުޕްރީމް ކޯޓުންވެސް ވަނީ ދަމަހައްޓާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close