ޚަބަރު

ކުޅުދުއްފުށި ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅެދާނެކަމުގެ ބިރު އެބައޮތް – ރީޖަނަލް ހޮސްޕިޓަލް

ކުޅުދުއްފުށި ސިޓީގައި މިވަގުތު ކޮވިޑް 19 ފެތުރިފައި އޮވެދާނެކަމުގެ ފުރުސަތު އެބައޮތްކަމުގައި ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގެ ފުލޫ އޯޕީޑީއަށް ދެއްކި އިތުރު 4 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ ކުޅުދުއްފުށީގެ ޖުމްލަ އަދަދު 14 އަށް އަރައިފިއެވެ.

ކޭއާރުއެޗްއާއި ހަވާލާދީ ކޭއޯ ގައި ބުނެފައިވަނީ،  މިހާރު ކުޅުދުއްފުށީގައި ކޮމިއުނިޓީ ސްޕްރެޑްއެއް އޮތުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އެހެންކަމުން މާސްކުއަޅައި ގައިދުރުކޮށް އެއްވުންތައް ވީހާވެސް މަދުކުރުމަށް އެދިފައިވެއެވެ.

ފުލޫ ކުލިނިކަށް ދެއްކި 13 އަހަރުގެ މީހަކު ޕޮޒިޓިވް ވުމުން ކުޅުދުއްފުށި ސިޓީ މޮނީޓަރިންއަށް ލާފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ. އެ މީހާއާއި ގުޅުންހުރި ދެ މީހަކުވެސްވަނީ ޕޮޒިޓިވްވެފަ އެވެ. މީގެ އިތުރުން އިއްޔެ ފްލޫ އޯޕީޑީއަށް ދެއްކި 16 އަހަރުގެ މީހަކުވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އެ ކުއްޖާގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުން މީހުންގެ ތެރެއިން އަންހެނަކާއި، 14 އަހަރުގެ ފިރިހެނަކުވެސް އިއްޔެ ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން ހޯމްކަރަންޓީނުގައި ތިބި 3 މީހަކުވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.

ކުޅުދުއްފުށި ސިޓީ އިން ގުޅުމެއް ނެތް 3 ފުލޫ ސާމްޕަލް ޕޮސިޓިވްވެ ފުރަތަމަ ކޭސްއާ ގުޅުންހުރި ފަރާތްތަކެއް ޕޮޒިޓިވް ވެފައިވާ މި ޙައްޞާސް ދަނޑިވަޅުގައި ހުރިހާ ރައްޔިތުން ވެސް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅުއްވާ ބަލި އިތުރަށް ފެތުރުނަ ނުދީ މި ލޮބިވެތި ސިޓީ އާންމު ހާލަތަށް ގެނައުމަށް މަސައްކަތް ކޮށްދިނުމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވަނީ އެ ސިޓީގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ.

މޭޔަރު ވިދާޅުވީ ޒަރޫރީ ބޭނުމަކަށް ނޫނީ ބެރަށް ނުނިކުތުމަށާއި ނިކުންނަން ޖެހިއްޖެނަމަ މާސްކް އަޅައި އިޖްތިމާއީ ގައިދުރުކަން ޔަގީން ކުރަން ވާނެ ކަމަށެވެ.

އަދި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނަށް ދިޔުން މި ވަގުތަށް މެދުކަނޑާލުމަށާއި މާސްކް އަޅައި ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި ސޯޝަލް ބަބުލް ވީހާވެސް ކުޑަ ކޮށް ގޭގެޔަށް ޒިޔާރަތް ނުކުރުމަށް އެދިފަ އެވެ

“ހުރިހާ ރައްޔިތުން ވެސް ކެތްތެރިކަމާއެކު މިހާރު އެޅިފައިވާ ފިޔަވަޅުތައް ދަމަހައްޓަން އެއްބާރުލުން ދެއްވާއިފިނަމަ ކުރިއެކޭވެސް އެއްފަދައިން ބަލި އަވަހަށް ކޮންޓްރޯލް ކުރުމަށް އިތުރު ބާރަކަށް ވެގެންދާނެ” އާތިފް ވިދާޅުވި އެވެ.

އިތުރަށް އާތިފް ވިދާޅުވީ ރަށް ގިނަ ދުވަސްތަކަކަށް މޮނިޓަރިންގ ގައި އޮންނަން ޖެހިއްޖެނަމަ ރަށުގެ އިޤްތިޞާދަށާއި އާންމު ފަރުދުންގެ ދިރިއުޅުމަށް އެތަށް ނެދޭވޭ އަސަރުތަކެއް ކުރާނެކަމުން މި ހާލަތުން އަރައިގަތުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުމަށް ހިތުގެ އެންމެ ފުންމިނުން އެދޭ ކަމަށެވެ.

ހޮސްޕިޓަލުންވަނީ ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ލަސްނުކޮށް ފުލޫ އޯޕީޑީއަށް ދެއްކުމަށް ނުވަތަ ހޮސްޕިޓަލްގެ ހޮޓްލައިން 7606688 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close