ޚަބަރު

ލަންކާ ވިސާދޫކުރުމުގެ އުޞޫލަށް ބަދަލުގެނެސް ޤަވާޢިދު ހަރުކަށިކޮށްފި

ސްރީލަންކާ ވިސާދޫކުރުމުގެ އުޞޫލަށް އެޤައުމުގެ ސަރުކާރުން ބަދަލުގެނެސް ޤަވާޢިދު ހަރުކަށިކޮށްފިއެވެ.

ޤަވާއިދަށް ގެނައި ބަދަލުގެ ސަބަބުން ސްރީ ލާންކާގައި ދިރިއުޅެން ބޭނުންވާ އެހެން ޤައުމުތަކުގެ ރައްޔިތުން ހައްދަންޖެހޭ “ރެޒިޑެންސް ވިސާ” ދެން ހަދަން ޖެހޭނީ އެބައެއްގެ އަމިއްލަ ޤައުމުގައި ތިބެގެންނެވެ.

މިކަމާއިގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ ސްރީ ލަންކާގައި ދިރިއުޅެން ބޭނުންވާ ދިވެހިން ހައްދަންޖެހޭ ރެޒިޑެންސް ވިސާ ރާއްޖޭގައި ހުންނަ ސްރީލަންކާގެ އެމްބަސީން ހެއްދޭނެ ކަމަށެވެ.

ފޮރިންމިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ ދާދިފަހުން ސްރީ ލަންކާގައި ދިން ޓެރަރިސްޓު ޙަމަލާއާގުޅިގެން، ސަލާމަތީ ބައެއް ސަބަބުތަކަށްޓަކައި ހުރިހާ ޢައުމުތަކަށްވެސް އެގައުމުގެ ފޮރިން މިނިސްޓްރީން މި އުސޫލު އަންގާފައިވާކަމަށެވެ.

މި މަހުގެ 15ވަނަ ދުވަހުން ފެށިގެން އާއުސޫލަށް ޢަމަލުކުރަން ފަށާނެކަމަށާ ސްރީ ލަންކާގެ “ރެސިޑެންސް ވިސާ” ބޭނުންވާ ދިވެހިން ދެން ވިސާއަށް އެދެން ޖެހޭނީ ރާއްޖޭގައި ހުންނަ އެޤައުމުގެ އެމްބަސީގައި ކަމަށްވެސް މިއުވާން ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މިވަގުތު ސްރީ ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް އެއްވެސް އަސަރެއް ނުކުރާނެކަމަށާ ވިސާގެ މުއްދަތު ހަމަވުމުން ވިސާ އާކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close