އަދި މިހާތަނަށް އެއްދުވަހާ އެންމެ ގިނަމީހުން ރާއްޖެއިން ޕޮޒިޓިވްވީ މިއަދު
އަދި މިހާތަނަށް އެއްދުވަހާ އެންމެ ގިނަމީހުން ރާއްޖެއިން ޕޮޒިޓިވްވީ މިއަދުކަމުގައި އެޗްޕީއޭގެ ރެކޯޑްތަކުން ދައްކައިފިއެވެ.
މިއަދު ރާއްޖެއިންވަނީ އިތުރު 464 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި ބަލިޖެހުނު މީހުންގެ ޢަދަދު 29،000އިން މައްޗަށް ވަނީއަރައިފައެވެ. މިއީ ރާއްޖޭގައި އެންމެ ގިނައިން ކޯވިޑް-19އަށް މީހުން ޕޮޒިޓިވްވި ދުވަހެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ.
އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00އިން ފެށިގެން މިއަދު އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން ޕޮޒިޓިވްވި 464 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 207 މީހުންނާއި ރަށްރަށުން ޕޮޒިޓިވްވި 146 މީހުންގެ އިތުރުން، ރިސޯޓްތަކުން 14 މީހަކާއި ސިނާޢީ ރަށްރަށުން ޕޮޒިޓިވްވި 93 މީހުންނެވެ. އަދި ސަފާރީތަކުން 3 މީހަކާއި ހަދަމުންދާ ރިޒޯޓަކުންވެސް މީހަކު ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަކައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 29،052އަށް އަރާފައެވެ.
ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމާއެކު މިވަގުތު ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދު ނުވަތަ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރުވަނީ 4،396އަށް އިތުރުވެފައެވެ، އަދި އެޑްމިޓްކޮށްގެން 122 މީހަކަށްދަނީ މިހާރު ފަރުވާ ދެމުންނެވެ.
އެންމެ ފަހުގެ އަދަދުތަކުން ދައްކާގޮތުން އަލަށް ބަލިން ރަނގަޅުވީ 76 މީހުންނެވެ. މިއާއެކު މިހާތަނަށް ޖުމުލަ 24،575 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،948 ސާމްޕަލެއް ވަނީ ނަގާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 73 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 64 ދިވެހިންނާއި 9 ބިދޭސީންނެވެ.


Mi varun ves mi sarukaarah kaharu vakekey ves hieh nuvey’ dhivehi raajje mivaruge biruveri kamakah vattaalee hama gasthugaa mihaaru ves raees iboo indiaa’ah hamdharudhee vanee mi gaumah hamdharudhee nuvanee muslim gaumakah veema thoa??