ދިވެހިބަހުގެ ދުވަސް
ދިވެހިބަހުގެ ދުވަސް
އ.ދ
ދިވެހިބަހުގެ ދުވަސް މިއަދު ބައްދަލުކުރީތީ ދަންނަވަން
ދިވެހި އަޚްނާ އުޚުތުނަށް ދުވަހުގެ ތަހާނީ އަރިސްކުރަން
ދިވެހި ބަހަކީ ޝަރަފެކޭ އަދި ފަޚުރެކޭ ކެރި ދަންނަވަން
ދިވެހި އަކުރާ އަޑުތަކެއް މިވުޖޫދުވީތީ އުފާ ކުރަން
ދިވެހި ވަންތަ ސަޤާފަތާ އަދި އާދަކާދަ ހަނދާންކުރަން
ދިވެހި ލޮބުވެތި ފަސްގަނޑުން ނުފިލާ ހުރޭތޯ ދުޢާކުރަން
ދިވެހި ބަސްކުރިއެރުވުމަށް މިކުރާ މަސައްކަތް ގިނަކުރަން
ދިވެހި ލޭހަށިގަނޑުތެރޭ ވާހާ ހިނދަކުމެ ހުވާކުރަން
ދިވެހި ބަސް ލިޔެކިޔެ ހަދަން ބޭނުން ކުރާނީ ބަސްބުނަން
ދިވެހި ކާބަފައިންގެ އަގުހުރި ޚިދުމަތަށް ސާބަސްކިޔަން

ހާދަ ފައްކާ ޅެމެކޭ މީ