ޅެން

ކައުނުގެ ހެކިތަކަށް ވިސްނަމާ!

ދުނިޔޭގައި ނިކަމެތި ކަން ވަށާ، ލެވިގެންދެޔޭ
ވިސްނާލަމާ
                    އަނިޔާތަކޭ
ލިބިގެންދަނީ، މަންޒަރުތަކަށް ލޯހުޅުވަމާ
ވޮޑިގެންވެޔޭ މިލްކުވެ މިތާ، ދުނިޔޭގެ ދިރުމާ މަރުވުމާ
                    ވޮޑިގެން
އިލާހަކު ވާކަމަށް، ބުއްދީގެ ދޮރުފަތް ހުޅުވަމާ
ވަކިނުވެ މިސާލެއް ނެތް ގޮތުން، އުޑުތައް ވެޔޭ ތަނބުތައް ނުލާ
                    ހެކިތައް
ބަލާ ގުނުމަށް ތިބާ، ކުޅަދާނަތޯ މިންކޮށްލަމާ
އުފަލާއި ހިތްދަތިކަން އެއީ، ކެތްތެރިވުމަށް ވާ ފުރުޞަތެއް
               އުފަލުން
ޔަޤީންކޮށްލާށެވީ، ހެޔޮގޮތް ފިކުރު އަދު ކޮށްލަމާ
ދުވަހެއްވެޔޭ ނަފުސެއް އަނެއް ނަފުސަށް، އެހީއެއް ނުމެދެވޭ
                ދުވަހަށް
ތިބާ ތައްޔާރުވޭ، އަޅުކަން ކުރުން ގިނަކޮށްލަމާ
ފުނިޖެހިދަނީ ކުށްފާފަތައް، ވިސްނާނުލެވި ކައުނާއިމެދު
                ދުނިޔޭގެ
ހިނދުކޮޅަކަށް ވިޔަސް، ވަސްވާސްތަކާ ދުރުހެލިވަމާ

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close