ޚަބަރު

އަލިމަސް އިންސްޓިޓިއުޓްގެ “ބަސްކާޑު” ސެޓު މިނިސްޓަރު ހީނާ ނެރެދެއްވައިފި

ދިވެހިބަސް ކުރިއެރުވުމަށް މަސައްކަތްކުރާ އަލިމަސް އިންސްޓިޓިއުޓްގެ ފަރާތުން އުފެއްދި “ބަސްކާޑު” ސެޓު، މިނިސްޓަރ އޮފް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ހީނާ ވަލީދު އިއްޔެ ނެރެދެއްވައިފިއެވެ.

މި ކާޑުތައް ނެރެދެއްވީ ދިވެހިބަހުގެ އެކަޑަމީން ހުޅުމާލޭ ރުއްގަނޑު ދޭއް ސަރަހައްދުގައި ބޭއްވި “ދިވެހިބަހުގެ ހަވީރު” ގައެވެ. މި ރަސްމިއްޔާތުގައި ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދާއި އަލިމަސް އިންސްޓިޓިއުޓްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބަސްކާޑުތަކަކީ އިނގިރޭސި “ވޯޑް ކާޑު” ތަކުގެ އަސްލަށް ބަލައިގެން، ކުދިންނަށް ފަސޭހައިން ދިވެހިބަސް ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ އުފެއްދުމެކެވެ. މިއީ މުނިފޫހިފިލުވުމުގެ ތެރެއިން ދަރިވަރުންގެ މެދުގައި ދިވެހިބަހަށް އޮންނަ ޝައުޤުވެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އަލިމަސް އިންސްޓިޓިއުޓުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ކާޑުތައް ޚާއްސަކޮށްފައިވަނީ ތަޢުލީމީ މަންހަޖުގެ ކީސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނަށެވެ. މީގެ ސަބަބުން ޕްރައިމަރީ ގްރޭޑްތަކުގެ ކުދިންނަށް ދިވެހިބަހުގެ ލަފުޒުތަކާއި އޭގެ މާނަ ދަސްކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close