ކެރެޓް ޖޫސް – މީ އަޖައިބެއްކަހަލަ ބުއިމެއް!
ކެރެޓްޖޫހަކީ އަޖައިބެއްކަހަލަ ބުއިމެކޭ ދަންނަވަން ޖެހެނީ އޭގެން ލިބޭފައިދާ ނުހަނު ގިނަކަމުނެވެ. އަނެއްކޮޅުން ކެރެޓު ޖޫސް ތައްޔާރު ކޮށްލުމަކީ ވަރަށްވެސް ފަސޭހަ ކަމެކެވެ. ހަމައެހައިމެ ވަގުތުވެސް ސަލާމަތް ކުރެވޭނެ ކަމެކެވެ.
މި ފަސޭހަތަކާއެކު، އެ ޖޫހަކީ ސިއްހަތަށްވެސް ވަރަށް ފައިދާ ހުރި މީރު ބުއިމެކެވެ. އަދި އާދަކޮށް ކޮންމެ ދުވަހަކުވެސް ބޭނުން ކުރަން ރަނގަޅު ބުއިމެކެވެ.
އެންޓިއެކްސިޑެންޓުން މުއްސަނދިވެފައިވާ ކެރެޓް ޖޫހުން ލިބޭ ބައެއް ފައިދާ ތަކުގެ ތެރޭގައި، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދިނުމާއި ހިތުގެ ބަލިތައް ޖެހުން ކުޑަކޮށްދިނުން ހިމެނެއެވެ.
އޭގެ އިތުރުން ކެރެޓު ޖޫހަކީ ކޮލެސްޓުރޯލް ލެވެލް ދަށްކޮށްދޭ، ހަށިގަނޑުގައި ހެދޭ ފާރުތައް ފަސޭހަވުން އަވަސް ވެސް ކޮށްދޭ ބުއިމެކެވެ. އަދި ކެންސަރު ޖެހުމުން ރައްކާތެރިކޮށްދީ، ލިވާ ވެސް ސާފުކޮށްދޭ ބުއިމެކެވެ.
ހަމައެހެންމެ ގަވާއިދުން ޕީރިއަޑު ނުވާ މައްސަލައަށް ހައްލު ހޯދައިދިނުމަށް ވެސް ކެރެޓް ޖޫސް އެހީތެރިވެދެއެވެ. އަދި ކަށްޓާއި މަހުގެ ދުޅަހެޔޮކަން އިތުރު ކުރުމަށް ވެސް ކެރެޓު ޖޫހަކީ ވަރަށް އިސް ދައުރެއް އަދާކުރާ އެއްޗެކެވެ.
އަދި ބަރުދަން ލުއިކޮށްދިނުމާއި، މީހާގެ ޒުވާންކަން ހިފަހައްޓައިދިނުމާއި، ކޮލެސްޓްރޯލް ދައްކޮށްދިނުން ހިމެނެއެވެ.
ކެރެޓްޖޫސް ތައްޔާރުކުރާނެގޮތް:
ބޭނުންވާ ތަކެތި :
2 ނުވަތަ 3 ފްރެޝް ކެރެޓް
1 އިންޗި ހުންނަހާ ފްރެޝް އިގުރު
ލެމަންޖޫސް ( ބޭނުންނަމަ )
1 ޖޯޑް ކެއްކިފެން
ތައްޔާރުކުރާނެގޮތް:
ކެރެޓް ރީތިކޮށް ދޮވެލުމަށްފަހު ތުނިތުނިކޮށް ކޮށާށެވެ. ދެން ފެންފޮދާއި، ކެރެޓާއި، އިނގުރުކޮޅުވެސް މިކްސަރަށް އަޅާ ހިމުންވަންދެން މުގުރާލާށެވެ.
ދެން ރަހަ މީރުވާވަރަށް ލެމަންޖޫސް އެއްކުރާށެވެ. އޭރުން އެހެރީ ކެރެޓްޖޫސް ތައްޔާރުކުރެވިފައެވެ.
ކޮންމެދުވަހަކު ދެއިރު މިޖޫސް ބޯށެވެ. އިރާދަކުރެއްވިއްޔާ ކެރެޓްޖޫހުން ލިބޭ ފައިދާތައް ތިބާއަށް އިޙްސާސްކުރެވެން ފަށާނެއެވެ.

