ސިއްޙަތު

ބޮލުން ފަތްފޭބުމަށް އޮތް އެންމެ ސަޅި ފަރުވާ – އަމިއްލަ ތަޖްރިބާ

ބޮލުން އިސްތަށިފޭބުމަކީ ގިނަ ބަޔަކަށް ދިމާވެފައިވާ އާންމު މައްސަލައެކެވެ. އިސްތަށިފޭބުން ހުއްޓުވުމަށްޓަކައި އެކި ކަންކަން ކުރެވިދާނެ އެވެ. ބައެއް މީހުންދަނީ އެކިއެކި ތަޖްރިބާ ކުރަމުންނެވެ. މި މައްސަލައަށް ހައްލެ ހޯދުމަކީ އެދެވޭގޮތެއްގައި މަސައްކަތް ކޮށްފިނަމަ ފަސޭހައިން ހައްލުވެގެން ދާނެ މައްސަލަ އެވެ.

އެގޮތުން ބޮލުން ފަތްފައިބާ މީހެއްނަމަ އެންމެ ފުރަތަމަ ޝޭމްޕޫ، ހެއަރ ކްރީމް ފަދަ ތަކެއްޗަކީ އެމީހެއްގެ އިސްތަށިގަނޑަށް އެންމެ ރަގަޅު އެއްޗެއްތޯ ބަލާށެވެ. ތާކުން މީހަކު އިސްތިހާރެއް ކޮށްލާހާ އެއްޗެއް ބޭނުން ނުކުރާށެވެ. އަދި އޭގެ އިތުރުން ކަމާބެހޭ މާހިރުންގެ ލަފަޔާ މަޝްވަރާ އަދި މައުލުމާތު ހޯދާށެވެ.

ޝޭމްޕޫގެ އިތުރުން އިސްތަށިގަނޑުގައި ލުމަށް ބޭނުން ކުރާ ހެއަރ ކްރީމް ނުވަތަ ހެއަރ އޮއިލް އަކީ ވެސް ފަތްފޭބުން ހުއްޓުވުމަށްޓަކައި މުހިއްމު ރޯލެއްއަދާ ކުރާ އެއްޗެކެވެ. އެގޮތުން ހެއަރ ކްރީމް ނުވަތަ ހެއަރ އޮއިލް ބޭނުން ކުރާއިރު ހާރބަލް ހިމެނޭ ޕްރޮޑަކްޓެއް ބޭނުން ކުރައްވާށެވެ.

މިކަމަށް އެންމެ ރަގަޅު އެއްޗެއް ކަމަށް އަޅުގަނޑަށް ތަޖްރިބާ ކުރެވުނީ ވަޓިކާ ހެއަރކްރީމް ގެ ވައްތަރެއްކަމަށްވާ “ބްލެކްސީޑް” ކްރީމްއެވެ. ދިވެހި ބޭހުގެ ގޮތުގައިވެސް ކަޅުދިރި ތެލަކީ ބޮލުގެ ބަލިތަކަށް ވަރަށް ގިނައިން ބޭނުންކުރާ ބާވަތަކަށްވާއިރު ވަޓިކާގެ މިކްރީމް ތައްޔާރުކުރެވިފައިވަނީ ފަންނީ އަދި ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން ޑޮކްޓަރުންގެ އިރުޝާދުގެ ދަށުންކަމަށްވުމުން މި ކްރީމް ވަރަށް ބޮޑަށް ރަގަޅުކަމަށް ވަނީ ފާހަގަކުރެވިފައެވެ.

ނަމަވެސް މިވައްތަރުގެ ކްރީމަކީވެސް ފަހަރެއްގައި ބައެއް މީހުންނާ ނުގުޅޭ ކްރީމަކަށްވެސް ވެދާނެއެވެ. އެހެންކަމުން ބޭނުން ކުރެވޭ އެއްޗަކީ އިސްތަށިގަނޑާ ނުގުޅޭ އެއްޗަކަށް ވާނަމަ ގިނަ ދުވަސް ވަންދެން ބޭނުން ކުރުންމަކީ ބުއްދިވެރި ގޮތެއްނޫނެވެ. ރަގަޅުގޮތަކީ ގުޅޭ ޕްރޮޑަކްޓަކަށް ބަދަލު ކުރުމެވެ. އޭގެއިތުރުން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ވެސް ރަގަޅުކަމެކެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close