ކޮންމެދުވަހަކު ކަރާކާނަމަ ބަރުދަން ލުއިވާކަން އެނގޭތަ؟
ޒަމާނަށް އައިސްފައިވާ ބަދަލާގުޅިގެން އިންސާނުންގެ ދުވަހުގެ ކާނާއަށްވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ސަރުބީއާއި، ފެޓްސް ގިނައިން އެކުލެވޭ ކާނާ ކޮންމެދުވަހެއްގެ ކެއުމުގައި ނޭންގިނަމަވެސް ބޭނުންކުރެވުމުންދާތީ ހީނުކުރެވޭހާ ހަލުވިމެނެއްގައި ހަށިގަނޑުގެ ބަރުދަން އިތުރުވެ ލޮކިމަސްޖަހާ މީހާގެ ރީތި ސިފަ ވަރަށް އަވަހަށް ދަނީ ބަދަލުވަމުންނެވެ.
ގިނަމީހުންނަށް ރޭކާލަނީ ވާނެއެއްޗެއް ވާފަހުންނެވެ. ދެންއޮންނަނީ އަތްނުފޯރާހިސާބަށް ގޮސްފައެވެ. އެހެންކަމުން މާބޮޑަށް މީހާގެ ބަރުދަން އިތުރުވެ ބަނޑުގެ މަސްތަކާއި، ސަރުބީ ގިނަނުވަނީސް ކެއުމުގެ އާދައަށް ބަދަލުތަކެއް ގެނެސް އެއްވަރެއްގައި ބަރުދަން ހިފެހެއްޓޭތޯ މަސައްކަތް ފަށާށެވެ.
ކަރާއަކީ އެންމެ ބޮޑަށް ބަރުދަން ލުއިކޮށްދޭ އެއް މޭވާއެވެ. އޭގައި %90 ފެން އެކުލެވޭ އިރު ކޮންމެ 100 ގްރާމެއްގައި 30 ކެލަރީސް ހިމެނެއެވެ. އަދި ކަރާގައި ސަރުބީތައް ވިރުވާލާ އަރގިނީން ނަމަކަށް ކިޔާ އެމީނޯ އެސިޑެއް އެކުލެވެއެވެ.
އަދިހަމަ އެހެންމެ ކަރާގައި ގިނަ އަދަދަކަށް ފައިބާރ ހުރެއެވެ. އެއީ ބަރުދަން ލުއި ކުރުމަށް އެހީވެދާ އެއް ބާވަތްކަމަށްވާއިރު، ހަޖަމްގެ ނިޒާމްވެސް ފަސޭހަކޮށްދޭ އެއް ބާވަތަކީ ކަރާއެވެ.
ވީމާކޮންމެ ދުވަހަކު މަދުވެގެން ދެ ފޮތި ކަރާކާނަމަ ހަށިގަނޑުގެ ބަރުދަން ލުއިވެ ބުރުސޫރަ ރީތިކޮށްދޭނެކަމަށް ސިއްޙީ ލަފާދޭ މާހިރުން ވިދާޅުވެއެވެ.


