ސިއްޙަތު

ކަކުލުގައި ރިއްސާނަމަ މިއޮތީ މުޖައްރިބު ފަރުވާއެއް!

އެކިއެކި ސަބަބުތަކާހެދި ދާއިމީ ބައްޔަކަށް ކަކުލުގައި ރިއްސުން ވެފައިވާ ގިނަބަޔަކު އަޅުގަނޑުމެންގެ ތެރޭގައި ވާކަމީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. އެފަދަ ބޭފުޅުންގެ އިޙްސާސްތަކަކީ އެފަދަ ބައްޔެއް ޖެހިފައިވާ މީހަކަށްނޫނީ މިންކޮށްލަން އެނގޭނޭ ފަދަ އިޙްސާސްތަކެއް ނޫނެވެ. އެއީ ވަރަށް ބޮޑު ވޭނެކެވެ.

ކަކުލުގައި ރިއްސަން ދިމާވާ ބައިވަރު ސަބަބުތައް ހުރެއެވެ. އޭގެތެރޭގައި އާރތްރައިޓްސް ޖެހުން، ކަށީގެ ބާރު ދެރަވުމާއި، އެންޖަރީއެއް ވުން ހިމެނެއެވެ.  މީގެ އިތުރުން ކަކޫ ލަންބަން އުނދަގޫވެ، ރަތްވެ އަދި ކަކޫ އައްސިވުމާވެސް ކުރިމަތިލާންޖެހުމާއި، އުމުރުން ދުވަސްވުމުގެ ސަބަބުންވެސް ކަކުލުގައި ރިއްސައެވެ. މިކަން އާންމު ގޮތެއްގައި ތަޖުރިބާ ކުރަން ޖެހެނީ އުމުރުން ދުވަސްވެފައިވާ މީހުންނަށެވެ. ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުންގެ މިމައްސަލަ ޖެހޭކަން ފާހަގަކުރެވެއެވެ.

ކަކުލުގައި މާގަދައަށް ނުވަތަ ދާއިމީ ރިހުމެއްހުންނަ ނަމަ ކުކުޅު ބިހުގެ ގޮބޮޅި ނެގުމަށްފަހު ކުޑަ ފުރެއްދި ލޮނުކޮޅަކާ އެއްކޮށްލުމަށްފަހު ކަކުލުގައި އުނގުޅާށެވެ.

ބޭސް ތައްޔާރު ކުރާނެގޮތް:

ތާޒާ ކުކުޅު ބިހެއްގެ އެތެރޭގެ ގޮބޮޅި ގަނޑު ނަގާށެވެ. ބިހުގެ ހުދުބައިގެ އެއްވެސް މިންވަރެއް އެއްނުކުރާށެވެ. ދެން ސައިސަމުސަލެއްގެ ފުރެއްދި ލޮނުކޮޅެއް އޭގެ ތެރެއަށް އަޅާށެވެ. ފެން ނާޅައްޗެއްވެ. ކުކުޅު ބިހާއި، ލޮނުކޮޅު ޖޯޑަކަށް އެޅުމަށްފަހު ސަމުސަލަކުން ގާތްގަޑަކަށް 5 ވަރަކަށް މިނިޓް ވަންދެން ގަށާލާށެވެ. އެއީ ބިހާއި ލޮނުކޮޅު އެއްކޮށްލުމަށެވެ.

ބޭސް ބޭނުންކުރާނެގޮތް:

ތައްޔާރުކުރެވުނު ބޭސް ( ކުކުޅުބިހު ޕޭސްޓް ) ކަކުލުގައި ( ތަދުވާހިސާބުގައި ) ވަށާށެވެ. އޭގެ މަތިން “ކްލިންގ ޕޭޕަރ”  އަޅާ ބޭސްކޮޅު ރައްކާތެރި ކޮށްލާށެވެ. ދެން ބެންޑޭޖް ކޮށްލާށެވެ.

ކޮންމެ 2 ގަޑިއިރަކުން ބޭސް ބަދަލުކުރަންވާނެއެވެ. ތަދު ކެނޑެންދެން މިގޮތަށް ތަކުރާރުކުރާށެވެ. އިރާދަ ކުރެއްވިއްޔާ ގިނަވެގެން  5 ފަހަރު މިބޭސް އުގުޅަން ވާއިރަށް ކަކުލުން ތަދުކެނޑޭނެއެވެ.

ނޯޓް :

ހަނދާނުގައި ބަހައްޓަންވީ އެއްކަމަކީ އެއްވެސް ބޭހަކީ ސަތޭކަ ޕަސަންޓް ކާމިޔާބު ނުވެދާނެ ބޭހެއްކަމެވެ. އަދި ކަކުލަށް ލިބިފައިވާ ގެއްލުމުގެ ކުޑަބޮޑު މިނުން ބޭސް އިތުރުކޮށް ގިނަފަހަރު މިބޭސް ހަދަންޖެހިދާނެކަމެވެ.

އެއް ކޮމެންޓް

    1. “ބިހުގެ ހުދު ބައިގެ އެއްވެސް މިންވަރެއް އެއް ނުކުރާށެވެ.” މީގެން ހީވަނީ ހުދުބައި ނާޅާށޭހެން ބުނާހެން ކަންނޭނގެ…

  1. ލޮނާ އެއްކުރަން ޖެހެނީ ލޮނދިގަނޑުތަ ނޫނީ ގޮބޮޅިތަ? ދެގޮތަށްވެސް މާނަކުރެވޭ ގޮތަށް ލިޔުން އޮތީ.

  2. އަހުމަދު ދާއޫދު ލިޔާއެއްޗަކާއި ސުރުޚީ ދިމާކުރަން ދަސްކުރާށެވރ.”މުޖައްރިބު” މި ލިޔުން ކިޔާލުމުން ދޭހަވޭ ދާއުދަށް މިޖައްރިބުގެ މާނަ ނޭންގޭކަން ނޫނީ ގަސްދުގައި އާއްމުންނަށް އޮޅުވާލްނީކަން.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close