ބަނޑު ހިކޭތަ؟ މިއޮތީ ދާއިމީ ޙައްލެއް!
ބަނޑު ހަރުވުން މިއީ ޚާއްޞަކޮށް ދޮށީޢުމުރުގެ މީހުންނަށް ކުރިމަތިވާ ވަރަށް އުނދަގޫ މައްސަލައެކެވެ. ޢުމުރުން 65 އަހަރުން މަތީގެ މީހުން ނުވަތަ 50 އަހަރުން މަތީގެ މީހުންނަށްވެސް މިމައްސަލަ ބޮޑުވުމުން ދާއިމީ ގޮތެއްގައި ޑޮކްޓަރީ ބޭސްބޭނުންކޮށްގެން ބަނޑު ހިކުން ރަގަޅުވޭތޯ ބަލައެވެ. ނަމަވެސް އެއީ ދާއިމީ ޙައްލަކަށް އޮންނަނީ ނުވެފައެވެ.
ޢާއްމު ގޮތެއްގައި ބަނޑުހިކެއް މެދުވެރިވަނީ ކެއުމުގައި ދިމާވާ ބައެއް ކަންކަމުގެ ސަބަބުންނެވެ. ބަނޑު ހިކުމުގެ މައްސަލަތަކާ ކުރިމަތިވެ އިތުރު އެތައް ވޭނެއްވެސް ތަޙައްމަލު ކުރަން ބައެއްފަހަރު ޖެހެއެވެ.
ބަނޑު ހިކޭ ނަމަ އެންމެ ރަނގަޅު ގޮތަކީ ޑޮކްޓަރަކާއި ޑައިޓީޝަނެއްގެ ލަފާ ހޯދުމެވެ. ނަމަވެސް ޑޮކްޓަރާއި ޑައިޓީޝަނާ ހިސާބަށް ދެވެންދެން ގޭގައި ކުރެވިދާނެ ބައެއް ކަންކަން ވެސް ހުރެ އެވެ.
އެގޮތުން ތިރީގައި މިވަނީ ދާއިމީ ގޮތެއްގައި ބަނޑުހިކުން ހައްލުކުރެވިދާނެ ފަސޭހަ ފަރުވާއެކެވެ.
ބަނޑުހިކުން ދާއިމީ ގޮތެއްގައި ހައްލުކުރުމަށް.
ބޭނުންވާނެ ތަކެތި.
30 ހިކި ކަދުރު (75ގްރާމްއަށް ވުރެ ލުއި)
500 އެމް.އެލް ޒަމްޒަމް ފެން |
15 އޮރެންޖް
100 ގްރާމް އަންނާރެއްގެ ދިޔަ
ތައްޔާރުކުރާނެގޮތް:
ކަދުރު އޮށް ނަގާފައި، އޮރެންޖް ދިޔައާއިއެކު ކައްކާށެވެ. މިއަށް ޒަމްޒަމް ފެނާއި އަންނާރުގެ ދިޔަ އެއްކޮށްފައި، ރޭގަނޑު އައިސް އަލަމާރީގައި ބަހައްޓާފައި، ހެނދުނުހުސްބަނޑާހުރެ 2 ސައިސަމުސާ ބޭނުން ކުރާށެވެ.
މިގޮތަށް 8 ދުވަހު ބޭނުން ކުރުމުން، ދާއިމީ ގޮތެއްގައި ބަނޑު ހިކުމަށް ފަރުވާ ލިބިގެންދާނެއެވެ.
ނޯޓް:
މިބޭސް ބޭނުންކުރާއިރު ފެން ބޯންޖެހޭ މިންވަރަށް ފެން ބުއިމަށް ސަމާލުކަން ދޭންވާނެއެވެ. ދުވާލަކަށް ކުދި 500 މިލިލީޓަރު ފެންފުޅީގެ ގާތްގަނޑަކަށް ތިން ފުޅިފެން މީހަކަށް ބޭނުން ވާނެއެވެ.
ގުރުދާގެ މައްސަލަ ނުވަތަ ހިތުގެ ބައްޔެއް ކަހަލަ ކަމެއްގައި ޑޮކްޓަރަކު ފެން މަދުކުރަން އިރުޝާދު ނުދެއްވާހާ ހިނދަކު މި މިންވަރަށް ނުވަތަ ކަރުހިއްކާ ފަހަރުތަކުގައި ކަރުހިއްކުން ފިލާވަރަށް ފެން ބުއިމާއި އެކު މިބޭސް ބޭނުންކުރުމުން ބަނޑު ހިކުމުގެ މައްސަލަ ތަކާއި ދުރުވެވިދާނެ އެވެ.

ބަނޑު ހިކޭ މައްސަލައަކަށް ދާއިމީ ހައްލެއް ނުލިބޭނެ . އެކަންޖެހެނީ ވިސްނައިގެން އުޅެގެން ރަގަޅު ކުރަން
ޒަމްޒަމް ފެން ކޮންތާކުން ހޯދާނީ. އެހްނެ ނޫންނަމަ ތިޔަ ފޯމިއުލަރ ޓެސްޓް ކުރެވިދާނެ.
Raajjeyn ves zamzam fen liben hurey