ސިއްޙަތު

ހަކުރުބަލިން ސަލާމަތްވުމަށް ފާގަވަރެއް ނެތް!

އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަބަޔަކު އެބައްޔެއްގެ ވޭން ތަޙައްމަލު ކުރަންޖެހިފައިވާ ހަކުރުބަލި ނުވަތަ ޑައިބެޓީސް ބަލި ޖެހެނީ ލޭގައި ހުންނަ ހަކުރުގެ މާއްދާ މާބޮޑަށް މަތިވުމުންނެވެ. މިގޮތަށް ހަކުރުގެ މާއްދާ މަތިވުމަށް ދިމާވާ މައިގަނޑު ސަބަބަކީ ހަށިގަނޑުގައި އިންސިއުލިން އުފައްދައިދޭ މިންވަރު މަދުވުމުގެ ސަބަބުންނެވެ. އިންސިއުލިން އަކީ ލޭގައި ހަކުރުގެ މިންވަރު ކްނޓްރޯލްކޮށް އެއްހަމައެއްގައި ބަހައްޓައިދޭ ހޯރމޯންއެވެ.

ސިއްޙީ މާހިރުން ލަފާދެއްވާގޮތުގައި ހަކުރުބައްޔަކީ މުޅިން ރަނގަޅު ނުކުރެވުނު ނަމަވެސް ކޮންޓްރޯލް ކުރެވިދާނެ ބައްޔެކެވެ. އަދި ކޮންޓްރޯލް ނުކުރެވިއްޖެނަމަ ތަކުލީފުތަކަކާއި ކުރިމަތިލާން ޖެހިދާނެވެސް ބައްޔެކެވެ. އެކަމުގެ ވޭން ވަރަށްބޮޑުވާނެއެވެ. ނިކަމެތި އިޙްސާސް ކުރެވި މީހާ މާޔޫސްވާނެއެވެ.

ހަކުރުބަލި ކޮންޓްރޯލް ކުރުމަށް އެންމެ ރަގަޅު ޤުދުރަތީ މޭވާއަކީ ފާގަކަމުގައި މިކަމުގެ ތަޖްރިބާކާރުން ލަފާދެއްވައެވެ. އެބޭފުޅުން ވިދާޅުވާގޮތުގައި ފާގައިގައި ފައިޓޯނިއުޓްރިއެންޓް އެއް ކަމުގައިވާ “ޕޮލީޕެޕްޓައިޑް ޕީ” ހުރެއެވެ. މިއީ ގަސްގަހާ ގެހިން އުފައްދާ “އިންސިއުލިން”ގެ ބާވަތެކެވެ. އަދި މިއީ ލޭގެ ހަކުރުގެ މިންވަރު ދަށްކޮށްދޭ މާއްދާ އެކެވެ. މީގެ އިތުރުން ވެސް ފާގައިގައި ހަކުރު ދަށްކުރުވަނިވި މާއްދާއެއް ކަމުގައިވާ “ޗެރެންޓިން” ހުރެއެވެ. ޗެރެންޓިން އަކީ ސަރުބީ އެކުލެވޭ ޓިޝޫތަކާއި، މަސްތަކަށް، އަދި ފުރަމެޔަށް، ގުލްކޯޒު ނަގާ މިންވަރު މަތިކޮށް، ގްލައިކޯޖަން އުފެދޭ މިންވަރު އިތުރުކޮށްދޭ މާއްދާ އެކެވެ.

ފާގަ ފަންޏަކީ ލޭގައި އިންސިއުލިންގެ ނިސްބަތް މަތިކުރުމެއްނެތި، “ގުލްކޯޒު ޓޮލެރެންސް” ގެ މިންވަރު ރަގަޅުކުރާ އެއްޗެއްކަމަށް ވަނީ ހޯދިފައެވެ.

ފާގަފަނި ތައްޔާރުކުރާނެގޮތް:

ބޭނުންވާތަކެތި:

2 ފާގަ (ބޮޑު)

1 އާފަލު (ފެހި)

1 ކިޔުކަންބާ ( އާދައިގެ )

½ ސައިސަމުސާ ކަޅުދިރި

½ ސައިސަމުސާ ލެމަންޖޫސް

ތައްޔާރުކުރާނެގޮތް:

ފާގަޔާއި، އާފަލު އަދި ކިޔުންކަންބާ ރަގަޅަށް އާދައިގެފެނުން ދޮވެލާށެވެ. ބޭނުމިއްޔާ އެތަކެތީގެ ތުނިތޮށިފަށް މަށާލެވިދާނެއެވެ. ނުމެށިޔަސް އެންމެރަގަޅުވާނެއެވެ.

ފާގަޔާއި، އާފަލު އަދި ކިޔުންކަންބާ ތުނިކޮށް ވައްފޮއްޗަށް ކޮށާލާށެވެ. އޭގައި ހުރި އޮށްތައް ހޮވާލައި ވަކިކޮށްލާށެވެ. ދެން ކުދިކުދިކޮށް ހުންނަވަރަށް އަތުން ޗިސްކޮށްލާށެވެ.

ދެން ބޯތައްޓަކަށް ކުޑަލޮނުކޮޅެއް އެޅުމަށްފަހު އެތަކެތި އަޅާށެވެ. އަދި އެތަކެތި ރީތިކޮށް ފޮރުވެންދެން ފެންއަޅާށެވެ. ގާތްގަޑަކަށް 5 ވަރަކަށް މިނިޓްވަންދެން ބަހައްޓާށެވެ.

ދެން އެއަށްފަހު މިކްސްސަރަށް އަޅާ ރަނގަޅަށް ހިމުންކޮށްލާށެވެ. އަދި ބޯލަން ފަސޭހަވަރަށް ( ޖޫސް ހުންނަވަރަށް ) ގިރާލާށެވެ.

ދެން އޭގެތެރެއަށް ލެމަންޖޫސްކޮޅާއި، ކަޅުދިރިކޮޅު އަޅާފައި ރީތިކޮށް މިކްސްކޮށްލާށެވެ. ވަރަށްރަގަޅަށް ގިރާލަންވާނެއެވެ. މިހާރު އެހެރީ ފާގަޖޫސް ތައްޔާރުކުރެވިފައެވެ.

ކޮންމެދުވަހަކު ހުސްބަނޑާހުރެ ޖޫސްތައްޓެއް ބޯލާށެވެ. ހަފްތާއެއްގެ ތެރޭގައި ނަތީޖާ ފެންނާނެއެވެ. އަޖުމަބައްލަވާލައްވާށެވެ.

މަޢުލޫމާތު އެއްކުރީ:

ކަވާސާ.ކޮމް

ރައިޓްހޯމްރެމިޑީސް.ކޮމް

އެއް ކޮމެންޓް

  1. މީހަމަ ރަގަޅު އެއްޗަކީތޯ؟ އަޅުގަނޑުގެ ބައްޕައަކީ ހަކުރު ބަލި ހުންނަމީހެއް ، އެކަން ރަގަޅު ނުވެ ހުންނާތީ ވަރަށް ދެރަވޭ

    1. ޔޫޓިއުބުގައި ހުންނަހާ އެއްޗެއް މިޒަމާނުގައި ތެދުކުރެވޭކަން ނެތޭ އިންގޭތޯ.. ފާގައަކީ ޤުދުރަތީ ރަގަޅު މޭވާއެއް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close