ސިއްޙަތު

ކޮންމެދުވަހަކު ކުޑައިރުކޮޅަކު ދުވެލުމުން ހީވެސްނުކުރާހާ ފައިދާ ލިބޭ!

އާދަވެގެން ކޮންމެދުވަހަކުވެސް ކުޑަވަގުތުކޮޅަކު ( ގާތްގަޑަކަށް 10 ވަރަކަށް މިނިޓް ) ދުވެލުމުން މީހާގެ ސިއްޙީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމަށް ސިއްހީ ލަފާދޭ ބޭފުޅުން ވިދާޅުވެއެވެ.

ޔުނިވާސިޓީ އޮފް އެކްސްޓާސްގެ، ލީޑް އޯދަރ ވިކްޓޯރިޔާ ސްޓައިލްސްގެ ޕްރޮފެސަރަކުން އޭނާގެ ބްލޮގްގައި ލިޔުއްވާފައިވެއެވެ. ކޮންމެ ދުވަހަކު މަދުވެގެން 10 މިނިޓް ދުވާމީހެއްގެ ސިއްޙީދުޅަހެޔޮކަން އިތުރުވެ ޚާއްޞަކޮށް ކަށީގެ ބާރު އިތުރުކޮށްދޭނެއެވެ. އަދި 10 މިނެޓަށް ވުރެ މަދުން ދުވާ މީހަކާއި އަޅާ ބަލާއިރު 6 ޕަސެންޓް ކަށީގެ ދުޅަހެޔޮކަން އިތުރުވާނެކަމަށް އޭނާ ލިޔުއްވާފައިވެއެވެ.

ސްޓައިލްސް ބުނާގޮތުގައި މިއީ 2500 އަށް ވުރެ ގިނަ މީހުން ބޭނުން ކޮށްގެން ކުރި ދިރާސާއެއްގެ ނަތީޖާއެވެ. އަދި މަދު އިރުކޮޅަކު ދުވުމަކީ ރަނގަޅު ކަމެއް ކަމަށް އަދި ގިނަ ބަޔަކަށް ނޭނގޭ ކަމަށެވެ.

އޭނާ ލިޔުއްވާފައިވާ ގޮތުގައި ، މިބީދައިން ކޮންމެދުވަހަކު މެދުކަނޑާނުލައި ކަސްރަތު ކޮށް ދުވެ، މަހެއްހާ ދުވަހު ހިފަހައްޓާލައިފިނަމަ އެމީހެއްގެ ދުޅަހެޔޮކަން އިތުރުވެއެވެ. އަދި އެ ދުޅަހެޔޮކަން އިތުރުވުމުގެ ސަބަބުން މުސްކުޅިވުމުން ކަށިތަށް ފީވެ ހަލާކުވުމުން ދުރުކޮށްދޭ ކަމަށްވެސް އެ ޕްރޮފެޝަރ ލިޔުއްވާފައިވެއެވެ.

ކަސްރަތުކުރާ ގިނަމީހުންނަކީ ފޯވަހި ފޯވައްސަށް ކަސްރަތު ކުރާ ބަޔެއްކަމަށާއި، އެކަން އެގޮތަށް ނުކޮށް ދާއިމީ ގޮތެއްގައި ކަސްރަތުކުރާ ބަޔަކަށް، އެންމެންވެސް ވުމަށް އޭނާ އެދިލައްވާފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close