ޓެކްނޮލޮޖީ

40 މެގަޕިކްސެލް ކެމެރާއާއިއެކު ވާވޭ ޕީ30 ޕްރޯ ދައްކާލައިފި

މޯބައިލް ފޯނު އުފެއްދުމުގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ވާވޭ ކުންފުނީގެ އެންމެ ފަހުގެ ފޯނު އެކުންފުނީގެ އެންމެ ބޮޑު ކެމެރާއާއިއެކު އިއްޔެ ދައްކާލައިފިއެވެ.

40 އެމްޕީގެ ކެމެރާއެއް އަދި މިހާތަނަށް ވާވޭ ފޯނެއްގައި ހިމެނި މިއީ ފުރަތަމަ ފަހަރުކަމަށް ޓެކް ސައިޓްތަކުގައި ބުނެފައިވެއެވެ.

އެންމެ ބޮޑު ކެމެރާ ހިމަނައިގެން ވާވޭ ކުންފުނިން އުފެއްދި ވާވޭ ޕީ 30 ޕްރޯ އާއި ، އެންމެ މަޝްހޫރު އެއްފޯނުކަމުގައިވާ ގޫގުލްގެ ޕިކެސެލް 3 އެކްސެލް އާ އަޅާކިޔާއިރު ވަރަށް ގިނަ ފީޗާރސްތަކުން ޕީ 30 އުޅެނީ ކުރީގައެވެ.  

އެގޮތުން ޕާފޮމަންސް ވަރުގަދަވެފައި ބެޓެރީގެ އުމުރުވެސް ދިގެވެ. އަދި ހިތްގައިމު ޑިސްޕްލޭ އެއް ކުޑަކުޑަ ނޮޗަކާ އެކު ހިމަނާފައިވާ މި ފޯނުގެ އެންމެބޮޑު ތަފާތަކީ ކެމެރާއެވެ. ކެމެރާ އަށް ބަލާއިރު އަލްޓްރާ ވައިޑް އޭންގަލްގެ 20 މެގަޕިކްސެލްގެ ކެމެރާއެއް ހިމެނެ އެވެ. އަދި މެއިން ސެންސާގެ ގޮތުގައި ވަނީ 40 މެގަޕިކްސެލްގެ ކެމެރާއެކެވެ. ޓެލެފޮޓޯ އަށް 125 އެމްއެމްގެ ކެމެރާއެއް ހަރުކޮށްފައިވެ އެވެ. އެއީ 8 މެގަޕިކްސެލްގެ އެވެ. ސެލްފީ ނެގުމަށް 32 މެގަޕިކްސެލްގެ ކެމެރާއެއް ހާއްސަކޮށްފައި ވާއިރު އެއިން ސުޕަ އެޗްޑީއާރް ޝޮޓް، ވަރަށް އަނދިރީގައި ވެސް ނެގޭނެ އެވެ.

ފްރާންސްގެ ޕެރިހުގައި ތައާރަފްކުރި މި ފޯނުން ނަގާ ފޮޓޯތަކުގެ ފެންވަރާ މެދު “އެއްވެސް ޝަކުވާއެއް ނެތް” ކަމަށް ފޯނު ބެލި ގިނަ މީހުން ވަނީ ބުނެފަ އެވެ. އެންމެ ހާއްސަ ކަމަކީ 10 ގުނަ އަށް ޒޫމްކޮށްލައިގެން ނަގާ ފޮޓޯތައް ވެސް ސާފުކަމުންނެވެ.

ފޯނުގެ ސައިޒަކީ އާންމުކޮށް ބާޒާރުގައި މި ގެންގުޅޭ މި ފެންވަރުގެ އެންޑްރޮއިޑް ފޯނުތަކުގެ ސައިޒެވެ. އެކަމަކު މިހާރު ހަދާ ފޯނުތަކުގައި ސްކްރީންގެ މަތިން ކަޅު ކުލާގައި ހުސްކޮށް ފެންނަ ތަން ނުވަތަ ނޮޗް މި ފޯނުގައި ވަނީ ވަރަށް ކުޑަކޮށެވެ. ބެލެވޭ ގޮތުގައި މިއީ އެންމެ ކުޑަ ނޮޗް ހިމެނޭ ފޯނެވެ.

ފޯނުގައި ކޯލް އަޑުއަހަން އިއަޕީސް ހިމެނުން މި ފޯނުން ވަނީ ނިމުމަކަށް ގެނެސް އާ ޓެކްނޮލޮޖީއެއް ތައާރަފްކޮށްފަ އެވެ. އެއީ އިލެކްޓްރޯމެގްނެޓިކް ލެވިޓޭޝަން ބޭނުންކޮށްގެން ފޯނުގެ ސްކްރީންގެ މަތިގައި ވައިބްރޭޓްވާ ގޮތް ހަދައިގެން އަޑު އިވޭ ގޮތް ހަދައިގެންނެވެ. މާނަ އަކީ ސްޓީރިއޯ ސްޕީކަރެއް މި ފޯނުގައި ނެތުމެވެ.

ފިންގަޕްރިންޓް ސެންސަ ހިމަނާފައި ވަނީ ވެސް ސްކްރީންގަ އެވެ. ސެމްސަންގް ގެލެކްސީ އެސް ސީރީޒްގެ ފޯނުތަކުގައި ހުންނަހެން ކުރިމައްޗާއި ފަހަތުގައި ވެސް މި ފޯނުގައި ލާފައި ވަނީ ބިއްލޫރި އެވެ.

މިއީ ވާވޭ އިން އަމިއްލަ އަށް އުފައްދާފައިވާ ކިރިން 980 ޕްރޮސެސަރެއް ހިމެނޭ ފޯނެކެވެ. މީގައި 8 ޖީބީގެ ރެމް ހިމަނާފައި ވާއިރު 128 ޖީބީ އާއި 512 ޖީބީގެ ސްޓޮރޭޖް ކެޕޭސިޓީ ހުރި ފޯނު ލިބޭނެ އެވެ. އަދި 6.47 އިންޗީގެ ސްކްރީންގެ ރިޒޮލިއުޝަނަކީ 2340 ގުނަ 1080 އެވެ. ބެޓެރީގައި 4،200 މިލިއެމްޕެވެ. މި ބެޓެރި ބައި ގަޑިއިރުން 70 ޕަސެންޓަށް ޗާޖުވެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close