ދިގުވީޑިއޯ އެއް ޔޫޓިއުބަށް އަޕްލޯޑް ކުރާނީ ކިހިނެތް؟
ބައެއް ބޭފުޅުންގެ ސުވާލަކީ ވަރަށް ދިގުވީޑިއޯވެސް ޔޫޓިއުބުގައި ހުރެއެވެ. އެހާދިގު ވީޑިއޯ ޔޫޓިއުބަށް އަޕްކުރަނީ ކިހިނެތް ހެއްޔެވެ؟ މިސުވާލެވެ. މިއީ މިހާރު ވަރަށް ގިނަބޭފުޅުންނަށް އެނގިފައިވާ ޖަވާބަކަށް ވެދާނެއެވެ. އެހެނީ ޔޫޓިއުބަށް ވީޑިއޯ އެއް އަޕްކުރަން އުޅޭއިރު މިވާހަކަ މެސެޖެއްގެ ގޮތުގައި އަރައެވެ. އަދި 15 މިނިޓަށްވުރެ ދިގު ވީޑިއޯ އަޕްކުރުމަށް ތިބާގެ އެކައުންޓް އެކްޓިވޭޓްކުރާން ބޭނުންތޯ ސުވާލުއުފައްދައެވެ. ޔޫޓިއުބުން އެބުނާ ގޮތަށް ސްޓެބް ބައި ސްޓެޕް ކުރިއަށް ގެންދިއުމުން ހިނދުކޮޅެއްގެ ތެރޭގައި އެކައުންޓް އެކްޓިވޭޓް ކޮށްލެވެއެވެ.
ތިރީގައި މިބަޔާންކުރަނީ މިގޮތަށް އެކައުންޓް އެކްޓިވޭޓް ކުރަން ހައްދަވާނެ ގޮތެވެ. ކުރިއަށް ވަޑައިގަންނަވާށެވެ.
- ޔޫޓިއުބު އެކައުންޓުން ލޮގިން ވެލައްވާށެވެ.
- ޓޮޕް މެނޫއިން އަޕްލޯޑް އަށް ކްލިކް ކުރައްވާށެވެ.
- ދެން މިގޮތަށް ލިޔެފައިވާ ““Increase your limit ލިންކެއް ފެނިލައްވާނެއެވެ. އެތަނަށް ކްލިކް ކުރައްވާށެވެ.
- ދެން އެއަންނަ ވިންޑޯއިން ތިބާގެ ޤައުމު ސެލެކްޓް ކުރައްވާށެވެ. އަދި އޭގެ ތިރިން އެވާގޮޅީގައި ތިބާގެ ފޯނުގެ ނަމްބަރު ޖައްސަވާށެވެ.
- ދެން ސަބްމިޓް ކޮށްލުމަށް submitމިގޮތަށް ލިޔެފައިވާ ބަޓަަނަށް ކްލިކް ކޮށްލައްވާށެވެ.
- މިހާރު ތިބާގެ ފޯނަށް ކޯޑެއް ލިބިލައްވާނެއެވެ. ފޯނުގައިވާ ކޯޑް ތިރީގައިވާ ގޮޅީގައި ޖައްސަވާށެވެ.
- އެންމެ ފަހުން ވެރިފައި ކޮށްލުމަށް verifyޖަހާފައިވާ ބަޓަނަށް ކްލިކް ކޮށްލައްވާށެވެ.
- ވެރިފައިވީކަމުގެ ނޮޓިފިކޭޝަން ލިބިލެއްވުމުން މިހާރު ތިބާގެ އެކައުންޓުން ދިގުވެގެން 12 ގަޑިއިރުގެ ދިގު ވީޑިއޯވެސް ފަސޭހަކަމާއެކު އަޕްލޯޑް ކުރެވޭނެއެވެ.
