ބޭރުދުނިޔެ

އެމެރިކާއާއި އީރާނުން އިތުރު ދެމަސް ދުވަހުގެ މުއްދަތަކަށް ހަމަލާބަދަލުކުރުން ހުއްޓާލަނީ

އެމެރިކާއާއި އީރާނުން އިތުރު ދެމަސް ( 60 ދުވަހު) ގެ މުއްދަތަކަށް ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އޮނިގަނޑެއް އެކުލަވާލައިފިއެވެ. ދެފަރާތުގެ މަންދޫބުންގެ މެދުގައި ކުރިއަށްދިޔަ ސިއްރު މަޝްވަރާތަކަށްފަހު މިފަދަ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، މިއަށް އަމަލުކުރަން ފެށުން މިހާރު ބިނާވެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދޭ ހުއްދައެއްގެ މައްޗަށެވެ.

މި އެއްބަސްވުމުގެ ދަށުން ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި، ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެ ސަރަހައްދުގައި އީރާނުން އަޅާފައިވާ ހުރިހާ މައިންތަކެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ނިއުކްލިއަރ ހަތިޔާރު ނުއުފެއްދުމަށް އީރާނުން ވައުދުވުމުން، އެމެރިކާއިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި ހިފަހައްޓާފައިވާ ފައިސާތައް ދޫކޮށްލުމާ ބެހޭގޮތުން ދެފަރާތުން މަޝްވަރާ ކުރާނެއެވެ.

ވައިޓް ހައުސްއިން މި މައުލޫމާތު ކަށަވަރުކޮށްދީފައިވީ ނަމަވެސް، ޓްރަމްޕް އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ބުނެފައިވަނީ މިކަމުގައި އަވަސްއަރުވާލަން ބޭނުންނުވާ ކަމަށެވެ. އީރާނުގެ މަޖިލިސް މެންބަރުން ބުނާގޮތުގައި މަޝްވަރާތަކުގައި ކުރިއެރުން ލިބުނަސް، އެންމެ ބޮޑު ކަންބޮޑުވުމަކީ ޓްރަމްޕްގެ ނިންމުންތައް ބަދަލުވާގޮތް ނޭނގުމާއި ވައުދުތަކާ ހިލާފުވުމެވެ.

މި މަޝްވަރާތައް ހިނގަމުންދާ ދަނޑިވަޅެއްގައި، އިސްރާއީލްގެ އަސްކަރިއްޔާއިން ދަނީ ދެކުނު ލެބަނަންގެ މުޅި އާބާދީއަށް އެ ސަރަހައްދު ދޫކޮށް ދިއުމަށް މަޖުބޫރުކޮށް އަމުރު ނެރެމުންނެވެ. އިސްރާއީލްގެ ސިފައިން މިހާރު ވަނީ ލިޓާނީ ކޯރު ހުރަސްކޮށް ކުރިއަށްޖެހިފައެވެ. އެ ސަރަހައްދުގައި ހިޒްބުالله އިން ދަނީ އިސްރާއީލް ސިފައިންނާ ކުރިމަތިލަމުންނެވެ.

އިސްރާއީލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކާއި ބޯޑަރު ހުރަސްކޮށް ކުރަމުންދާ އިސްތިއުމާރީ އަރައިގަތުންތަކުގެ ސަބަބުން، ދެކުނު ލެބަނަންގައި ބޮޑު ކާރިސާއެއް ހިނގަމުންދާ ކަމަށް އެހީދޭ ޖަމާއަތްތަކުން ދަނީ ބުނަމުންނެވެ. ހާއްސަކޮށް ގިނަ އަދަދެއްގެ ރެފިއުޖީން ހިމާޔަތް ހޯދައިގެން ތިބި ޓައިރު ސިޓީއަށް އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދެމުންދާތީ، އެ ސަރަހައްދުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close