ބޭރުދުނިޔެ

ރަޝިޔާ – ޔޫކްރެއިން ހަމަލާއާއި ގުޅޭގޮތުން އީރާނުން ގެންގުޅޭ ވިސްނުން ހާމަކޮށްފި

ތެހެރާން –  ޔޫކްރެއިންއަށް ރަޝިއާއިން އަރައިގަތުމާއި ގުޅޭގޮތުން އެއްޗެއް ނުބުނެ އޮތުމަށްފަހު ، އެފަދަ ހަނގުރާމަތަކާއި އީރާނުން ދެކޮޅުކަން ހާމަކޮށް، އީރާނުގެ ވިސްނުން ދުނިޔެއަށް ހާމަކޮށްފިއެވެ.

ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައާ ދެކޮޅު ކަމަށް އީރާނުން ބުނި ނަމަވެސް، އެ ސަރަހައްދުގައި ނޭޓޯ އޮތުމުގެ ބަދަލުގައި ހުޅަނގުން ރަޝިޔާގެ އަސްކަރީ އޮޕަރޭޝަން ކުށްވެރި ނުކުރާނެ ކަމަށް އީރާނުން ބުނެފި އެވެ.

ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު ޙުސެއިން އާމިރުއަބްދުﷲ ބުރާސްފަތި ދުވަހު ދެއްވި ފުރަތަމަ ރައްދުގައި ވިދާޅުވީ ހުޅަނގުގެ މަކަރުވެރިކަމުގެ އަޑީގައި ވަނީ “ނޭޓޯގެ ވަސްވާސްތައް” ކަމަށެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަނގުރާމައަކީ ހައްލެއްގެ ގޮތުގައި އީރާނުން ނުދެކޭ ކަމަށާއި ހާލަތު ސިފަކުރުމަށް “އިންގިލާބު” ފަދަ ބަސްތައް ބޭނުން ނުކޮށް ވަގުތުން ވަގުތަށް ހަނގުރާމަ ހުއްޓާލުމާއި “ސިޔާސީ އަދި ޑިމޮކްރެޓިކް ހައްލެއް” ހޯދުމަށް ގޮވާލާ ކަމަށެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ސަޢީދު ޚަތީބުޒާދާ އިތުރަށް ވިދާޅުވީ ، “ޔޫރޭޝިއާ ސަރަހައްދު މިހާރު އޮތީ ފުޅާ ދާއިރާއެއްގައި މައްސަލަގަނޑުގެ ތެރެއަށް ވަނުމުގެ މަގުމަތީގައި” ކަމަށާއި، ސަބަބަކީ އެމެރިކާއިން އިސްނަގައިގެން ނޭޓޯގެ ހަރަކާތްތައް ހިންގާތީ ކަމަށެވެ.

އެއީ އީރާނުގެ ޚާރިޖީ ވުޒާރާއިން ފާއިތުވެދިޔަ ހަފްތާތަކުގައި ނެރެފައިވާ އެހެން ބައެއް ބަޔާންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވާއިރު، ރައީސް އިބްރާހިމް ރައީސީ ފަދަ އިސް އޮފިޝަލުން ވަނީ މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވުމަށް ދެކޮޅު ހައްދަވާފައެވެ.

އެ ވިސްނުމުގެ ސަބަބުތައް ދެނެގަނެވޭނީ ފާއިތުވެދިޔަ ޤަރުނުތަކުގައި އީރާނާ ރަޝިޔާއާ ދެމެދު އޮތް ގުޅުމާއި، ހުޅަނގުގެ ޤައުމުތަކާއެކު އޮންނަ ގުޅުން ހީނަރުވެ، މެދުއިރުމަތީގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ކުރިއެރުންތަކުގެ ސަބަބުކަމުގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close