ޚަބަރު

ކުޅުދުއްފުށީ މަށިމާލި ޕެރޭޑުގައި މީހުންގެ ނަމާއި ފޮޓޯ ބޭނުންކުރުން މަނާކޮށްފި

ކުރިއަށް އޮތް ބޮޑު އީދުގައި ކުޅުދުއްފުށީ ސިޓީގައި ބާއްވާ މަށިމާލި ޕެރޭޑުގައި ބައިވެރިކުރާ މާލިތައް ހުންނަންވާނީ އާއްމު އިޖްތިމާއީ މިންގަނޑުތަކާއި އިސްލާމްދީނުގެ އަސާސްތަކާ ފުށުނުއަރާ ގޮތަށް ކަމަށް އެ ރަށު ކައުންސިލުން އަންގައިފިއެވެ. ކޮންމެ އަހަރަކުވެސް ގިނަ ބައެއްގެ ސަމާލުކަން ލިބޭ މި ޕެރޭޑަކީ ރާއްޖޭގެ ސިޔާސީ އަދި އިޖްތިމާއީ ކަންކަމަށް ފާޑުކިޔުމަށް ބޭނުންކުރާ މަގުބޫލު ހަރަކާތެކެވެ.

ކައުންސިލުން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން، މިފަހަރުގެ ޕެރޭޑުގައި ވަކިވަކި ފަރުދުންގެ ފޮޓޯއާއި ނަން ބޭނުންކުރުމަކީ މަނާކަމެކެވެ. އަދި ބައިވެރިކުރާ ކޮންމެ މާއްޔަކަށްވެސް ޒިންމާވާންޖެހޭނީ އެ ބައިވެރިކުރި ފަރާތަކުން ކަމަށް ބަޔާންކޮށް، އާއްމު އަޚުލާގީ މިންގަނޑުތަކަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކުޅުދުއްފުށީ ކައުންސިލުން މިފަދަ އެންގުމެއް ނެރުނުއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ގުޅުވައިގެން ދެކެވޭ ވަކި ވާހަކަތަކެއް ނުދެއްކުމަށް ކޯޓުން އަމުރެއް ނެރެފައިވާ ދަނޑިވަޅެއްގައި، މި ޕެރޭޑުގައި ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން ވަނީ ހިތްވަރުދީފައެވެ. މި ހަރަކާތަކީ ރަށުގެ އީދު އުފާ ފާޅުކުރުމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close