ޚަބަރު

މާދަމާއިން ފެށިގެން މިސްކިތުގެ ޖަމާޢާތުގައި ނަމާދު ކުރުމުގެ ހުއްދަ ދެއްވައިފި

ކޮވިޑް -19 އާއި ގުޅިގެން މިހާތަނަށް މިސްކިތުގައި ޖަމާޢާތް ހަދައިގެން ނަމާދުކުން މަނާކޮށްފައިވާ ރަށްރަށުގެ މިސްކިތްތަކުގައި މަދަމާއިން ފެށިގެން ޖަމާއަތުގައި ނަމާދު ކުރެވޭނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާއިން ފެށިގެން މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދެއްވާފައިވާކަމަށެވެ. މާދަމާއިން ފެށިގެން މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރުމުގެ ހުއްދަ ދީފައިވާއިރު، ނިއު ނޯމަލްގެ އުސޫލުތަކާއެއް އެއްގޮތަށް މާދަމާއިން ފެށިގެން އޮފީސްތަކާއި ވިޔަފާރިތައް ހުޅުވުމުގެ ހުއްދަވެސް ސަރުކާރުން ވަނީ ދެއްވާފައެވެ.

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައި ވަނީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ. އަދި އޭގެފަހުން މާލޭގައި ކޯވިޑް ފެތުރެން ފެށުމުން މިސްކިތްތައްވެސް ބަންުދުކުރިއެވެ. އަދި ލޮކްޑައުންއަށް ލުއި ދިނުމަށްފަހު، ޖަމާޢަތް ނުހަދާ މިސްކިތުގައި ނަމާދުކުރުމުގެ ހުއްދަ މިމަހުގެ 14 ވަނަ ދުވަހު ވަނީ ދީފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close