ޚަބަރު

ފަތިސް ނަމާދުގެ ކަންޒުތައް – ކިޔާލުމުން އިތުރު ހީވާގިކަމެއް ލިބިދާނެ

ފަތިސް ނަމާދަކީ ޚާއްޞަ ޤަދަރަކާއި މަތިވެރިކަމެއް ދެވިފައިވާ ނަމާދެކެވެ. އެހެންވެ ފަތިސް ނަމާދަށް ގޮވާލެވޭ ގޮވާލުންވެސް އެހެންނަމާދުތަކާއި ތަފާތުވެގެން ދެއެވެ. މިކަމުންވެސް މި ނަމާދުގެ ޚާއްޞަކަމާއި މަތިވެރިކަން އެނގިގެންދެއެވެ.

މީގެ އިތުރުންވެސް ކީރިތި ޤުރްއާނުންނާއި މާތް ނަބިއްޔާގެ ޙަދީޘް ބަސްފުޅުތަކުންވެސް ފަތިސް ނަމާދުގެ މާތްކަމާއި މަތިވެރިކަން ހާމަވެގެންދެއެވެ. އެގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

أَقِمِ ٱلصَّلَوٰةَ لِدُلُوكِ ٱلشَّمْسِ إِلَىٰ غَسَقِ ٱلَّيْلِ وَقُرْءَانَ ٱلْفَجْرِ ۖ إِنَّ قُرْءَانَ ٱلْفَجْرِ كَانَ مَشْهُودًا ‎﴿٧٨﴾

ގުޅުންހުރި ލިޔުންތައް

މާނައީ: ” އިރު މެދުން ފިލުމުން، ރޭގަނޑުގެ އަނދިރިކަމާ ހަމަޔަށް، ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! (އެބަހީ: މެންދުރު ނަމާދާއި، عصر ނަމާދާއި، مغرب ނަމާދާއި، عشاء ނަމާދު قائم ކުރައްވާށެވެ!) އަދި ފަތިސްނަމާދު ކުރައްވާށެވެ! ހަމަކަށަވަރުން، ފަތިސްނަމާދަކީ، (ރޭގަނޑުގެ ملائكة ންނާއި ދުވާލުގެ ملائكة ންގެ ފަރާތްޕުޅުން) ހެކިލިބިގެންވާ ނަމާދެއް ކަމުގައިވިއެވެ. “

އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«لَوْ يَعْلَمُ النَّاسُ مَا فِي النِّدَاءِ وَالصَّفِّ الأَوَّلِ، ثُمَّ لَمْ يَجِدُوا إِلَّا أَنْ يَسْتَهِمُوا عَلَيْهِ لاَسْتَهَمُوا، وَلَوْ يَعْلَمُونَ مَا فِي التَّهْجِيرِ لاَسْتَبَقُوا إِلَيْهِ، وَلَوْ يَعْلَمُونَ مَا فِي العَتَمَةِ وَالصُّبْحِ، لَأَتَوْهُمَا وَلَوْ حَبْوًا». [رواه البخاري برقم: 618]

މާނައީ: “މީސްތަކުންނަށް ބަންގިއާއި، ފުރަތަމަ ޞަފުގެ މާތްކަން އެނގޭނަމަ (އެކަންކުރުމަށްޓަކައި) އެބައިމީހުންގެ މެދުގައި ގުރުއަތުލުން ފިޔަވާ އެހެންގޮތެއް ނެތްނަމަ ގުރުއަތުލައިގެންވެސް އެކަންތައް ކުރީހެވެ. އަދި ނަމާދުގެ ތަކުބީރުގެ މާތްކަން އެނގޭނަމަ (ނަމާދަށް ދިއުމަށް) އެބައިމިހުން އަވަސްވެގަތީހެވެ. އަދި ޢިޝާ ނަމާދާއި ފަތިސް ނަމާދުގެ މާތްކަން އެބައިމީހުންނަށް އެނގޭނަމަ ފިރުކިފައިވިޔަސް (އެދެ ނަމާދަށް) އައީހެވެ.”

ފަތިސްނަމާދުގެ ކަންޒުތައް ތިރީގައި ބަޔާންވެގެން އެވަނީއެވެ.

  1. ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމަކީ ޘަވާބުގެ ގޮތުން މުޅި ރޭ އަޅުކަން ކުރުންފަދަ ކަމެކެވެ.
  2. ފަތިސް ނަމާދު ކުރުމަކީ ﷲ ގެ ރައްކާތެރިކަން މުޅި ދުވަހު އެމީހަކަށް ލިބޭނެ ކަމެކެވެ.
  3. ފަތިސް ނަމާދަށް ރައްކާތެރިވާ މީހާ ނަރަކައިން މިންޖު ކުރެވިގެން ދެއެވެ.
  4. ފަތިސް ނަމާދަށް ރައްކާތެރިވާ މީހާއަށް ޤިމާޔަތް ދުވަހުން ނޫރެއް ދެވިގެން ދެއެވެ.
  5. ފަތިހާއި ހެނދުނުގެ ވަޤުތުގައި ﷲ ތަޢާލާ ބައްސަވާ ބަރަކާތް ޙާޞިލުވެއެވެ.
  6. ފަތިސް ނަމާދު ކުރާ މީހުންނަށްޓަކައި މަލާއިކަތްބޭކަލުން ﷲ ތަޢާލާގެ ދަރުބާރުގައި ހެކިވެވަޑައިގަންނަވާނެއެވެ.
  7. ޤިޔާމަތް ދުވަހުން ﷲ ގެ ވަޖުހުފުޅު ދުށުމުގެ ނިޢުމަތް ލިބިގެންދެއެވެ.
  8. ފަތިސް ނަމާދު ކުރާ މީހުން ނިފާޤުކަމުން ބަރީޢަވެގެންދެއެވެ.

(المصدر: صفحة طريق التوبة)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close