ޚަބަރު

ހަވާ އަރުވާ ސާމާނު ޓެސްޓު ކުރުމަށް މިރޭ ހަވާއަރުވަނީ: އެމްއެންޑީއެފް

ހަވާ އަރުވަން ބޭނުންކުރާ ބައެއް ތަކެތި ޓެސްޓު ކުރުމުގެ ގޮތުން މިރޭ ކުރިއަށްދާ ހަރަކާތެއްގައި ވަރަށް ކުޑަވަގުތު ކޮޅަކަށް ހަވާއަރުވާނެކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.

އެގޮތުން މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވަނީ މިރޭގެ 22:30 އާއި މިރޭ 23:45 އާއި ދެމެދުގެ ވަގުތެއްގައި އެކަން ކުރިއަށްދާނެ ކަމަށެވެ.

ކަޅުތުއްކަލާ ކޮށީގައި އެކަން ކުރިއަށްދާނީ އެންމެ 15 ވަރަކަށް ސިކުންތަށް ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން މިހެން ބުނެފައިވާއިރު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހަމަ އެ ކޮށީގައި ހަވާއެރުވުމުން އެކަން ވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސް ދުރާލާ އިއުލާނު ކުރުމަކާނުލާ ހަވާ އެރުވުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އާންމުގޮތެއްގައި މާލެ ސަރަހައްދުގައި ހަވާ އަރުވާނަމަ ދުރާލާ އެކަން އެމްއެންޑީއެފުން އިއުލާނުކުރަމުން ގެންދެއެވެ. އެހެން ނަމަވެސް އެރޭ އެފަދަ މައުލޫމާތެއް ހިއްސާކޮށްފައެއްނުވެއެވެ.

ފަހުން ބުނެފައިވަނީ އެރޭވެސް ހަވާ އެރުވީ ތަމްރީނެއްގެ ތެރެއިން ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close