ޚަބަރު

ބޯހިޔާވަހިކަމުގެ އުސޫލު އޮތީ އެންމެ ނިކަމެތި އާއިލާތަކަށް އިސްކަންދޭ ގޮތަށް: މިނިސްޓަރު މުއްތަލިބު

ބޯހިޔާވަހިކަން އެންމެންނަށް” މަޝްރޫއުގެ ދަށުން ދެމަފިރިން ކުރެ އެކަކުގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަ ޝަރުތު ހަމަނުވާތީ އާންމުން ފާޅުކުރާ ކަންބޮޑުވުންތަކަށް ހައުސިން މިނިސްޓަރު ޑރ. އަބްދުލް މުއްތަލިބު ޖަވާބު ދެއްވައިފިއެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް އިސްކަންދީ، އެ އާއިލާތަކުގެ ކަރާމާތް ރައްކާތެރިކުރުން ކަމަށާއި، ބޯހިޔާވަހިކަމަކީ އިތުރުކުރަން އޮންނަ “ބޯނަސް” އެއް ނޫން ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ދެމަފިރިން ކުރެ އެކަކުގެ ނަމުގައި ބިމެއް ނުވަތަ ގެދޮރެއް އޮތް އާއިލާއަކަށް ކޮންމެވެސް މިންވަރެއްގެ ރައްކާތެރިކަމެއް އޮތް ނަމަވެސް، އެއްވެސް ގޮތެއް ނެތް އާއިލާތައް ތިބީ ވަރަށް ބޮޑު ނިކަމެތިކަމެއްގައެވެ. އެހެންކަމުން، ވަސީލަތްތައް މަދު ހާލަތެއްގައި، އެއްވެސް ބޯހިޔާވަހިކަމެއް ނެތް ގޭބިސީތަކަށް އިސްކަންދިނުމަކީ ތަފާތުކުރުމެއް ނޫން ކަމަށާއި އެއީ އެންމެ އިންސާފުވެރި ގޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި އުސޫލުތަކަކީ ޑިމާންޑަށް އަންނަ ބަދަލުތަކާއެކު ބަދަލުވާނެ އެއްޗެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ މަގުސަދަކީ މުދާ އެއްކުރުމުގެ ބަދަލުގައި ހުރިހާ އާއިލާއަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. އަދި ކޮންމެ އާއިލާއަކަށް މަދުވެގެން އެއް ގެދޮރު ނުވަތަ ގޯއްޗެއް ލިބިފައިވާ ހާލަތަކަށް ގައުމުގެ ކަންކަން ދިޔުމުން، މިހާރު ކަނޑައަޅާފައިވާ ޝަރުތުތަކަށް ބަދަލު އަންނާނެ ކަމަށްވެސް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close