ނަމާދުގެ ސަޖިދާގައި އަންހެނުން އޮންނަން ޖެހޭނީ ކިހިނެއްތޯއެވެ؟
ސުވާލު:
ނަމާދުގެ ސަޖިދާގައި އަންހެނުން އޮންނަން ޖެހޭނީ ފިރިހެނުންނާ ތަފާތުކޮށް ދެއަތްދަނޑިވެސް ޖައްސައިގެންތޯއެވެ؟
ޖަވާބު:
ނަމާދުގެ އެއްވެސް ޙަރަކާތެއްގައި އަންހެނުންނާއި ފިރިހެނުންނާ އެއްވެސް ތަފާތެއް ނުވެއެވެ. އަންހެނުންވެސް ސަޖިދައިގައި އޮންނަންޖެހޭނީ ފިރިހެނުން އޮންނަ ގޮތަށެވެ. އެހެނީ ނަމާދުގައި އަހަރެމެން ޢަމަލު ކުރަނީ މި ޙަދީޘަށެވެ.
((صَـلُّـوا كَـمَـا رَأَيْـتُـمُـونِـي أُصَـلِّـي)) {رواه البخاري 631}
“ތިމަންކަލޭގެފާނު ނަމާދުކުރަނިކޮށް ތިޔަބައިމީހުން ދުށްގޮތަށް ތިޔަބައިމީހުން ނަމާދު ކުރާށެވެ.
ޖަވާބު ދެއްވީ:
✍️الشيخ محمد شافع
SheikhShafiuQA
