ދީން

ފަތިސް ނަމާދުގެ އިހު ސުންނަތުގެ ޘަވާބާއި ދަރުމަ އެނގޭތަ؟

ފަތިސްނަމާދުގެ އިހުސުންނަތަކީ ވަރަށްމަތިވެރި ދަރުމައާއި ޘަވާބު އެ ދެ ރަކުޢަތުގައި ހިމެނިގެންވާ ދެ ސުންނަތް ނަމާދެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރުހުން ރިވާ ވެގެންވެއެވެ: عَنْ عَائِشَةَ رَضِيَ اللهُ عَنْهَا عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ : « رَكْعَتَا الْفَجْرِ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا » . وَفي روايةٍ لِمُسْلِم : « لَهُمَا أَحَبُّ إِلَيَّ مِنَ الدُّنْيَا جَمِيعاً » =أخرجه مسلم والترمذي= މާނައަކީ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ރިވާކުރައްވާފައި ވެއެވެ.“ ފަތިސްނަމާދުގެ އިހުސުންނަތުގެ ދަރުމައާއި ޘަވާބު ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށް ވުރެން ހެޔޮކަން ބޮޑުވެގެން ވެއެވެ.“

އަދި އެހެން ރިވާޔަތެއްގައި ވެއެވެ. “ ތިމަން ނަބިއްޔާގެ އަރިހުގައި އެ ދެ ރަކްޢަތް މުޅި ދުނިޔެއަށް ވުރެން ހެޔޮ ކަމާއި ދަރުމައިގެ ގޮތުން މަތިވެރި ވެގެންވެއެވެ.“

ގުޅުންހުރި ލިޔުންތައް

ފަތިސްނަމާދަށް ދާމީހާ މިސްކިތަށް ވަދެ ތަޙިއްޔަތުލް މަސްޖިދުގެ ދެ ރަކުޢަތުގެ ބަދަލުގައި ފަތިސް ނަމާދުގެ އިހުސުންނަތުގެ ދެ ރަކުޢަތް ކުރުމުން ތަޙިއްޔަތުލް މަސްޖިދުގެ ޘަވާބުވެސް ލިބޭނެއެވެ.

އަލް ޢައްލާމާ އިބްނުލް އުޘައިމީން ވިދާޅުވެފައިވާކަމަށް ވެއެވެ. ފުރަތަމަ ތަޙިއްޔަތުލް މަސްޖިދުގެ ދެ ރަކުޢަތް ކޮށްފައި ދެން ފަތިސްނަމާދުގެ އިހުސުންނަތުގެ ދެ ރަކުޢަތް ކުރިޔަސް މައްސަލައެއް ނެތެވެ. ފަތިސް ނަމާދުގެ އިހުސުންނަތުގެ ދެ ރަކުޢަތް ކުރާއިރު ލުއި (ކުރު) ގޮތަކަށް ކުރުން ސުންނަށްވެގެން ވެއެވެ.

ސޫރަތުލް ފާތިޙާގެ ފަހުގައި ދެ ރަކުޢަތުގައިވެސް ކުރު ސޫރަތެއް ޚިޔާރުކުރުން އެދެވިގެން ވެއެވެ. ފަތިސް ނަމާދުގެ އިހުސުންނަތް، ނަމާދުގެ ކުރިން ނުކުރެވުނު މީހާއަށް ފަތިސް ނަމާދު ފަހުންވެސް ކުރުމަށް ޝަރުޢުގައި ވަނީ ހުއްދަ ދެއްވާފައެވެ. ނަމާދު ކުރިން ކުރި ކަމުގައި ވިޔަސް ފަހުން ކުރި ކަމުގައި ވިޔަސް މި ދެ ރަކުޢަތުގެ ސިފައަކަށް ބަދަލެއް ނާންނާނެއެވެ.

މިއީ ފަތިސްނަމާދުގެ ސުންނަތުގެ ވާހަކައެވެ. ފަތިސްނަމާދުގެ ފަރުޟު ދެ ރަކުޢަތުގެ ދަރުމައިގެ ވާހަކަ ކިހާވަރެއްވާނެ ބާއެވެ!

ފަރުޟު ފަސް ނަމާދުގެ ތެރެއިން ފަތިސްނަމާދަކީ ވަރަށް މަތިވެރި ނަމާދެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. «  أثقل الصلاة على المنافقين صلاة العشاء وصلاة الفجر ، ولو يعلمون ما فيهما لأتوهما ولو حبوا ….. » =متفق عليه= މާނައަކީ: “ މުނާފިގުންނަށް އެންމެ ބުރަ އަދި އެންމެ ބަރު ނަމާދަކީ ޢިޝާނަމާދާއި ފަތިސް ނަމާދެވެ. އެ ދެ ނަމާދުގެ ޡަވާބާއި ދަރުމަ މީސްތަކުންނަށް އެނގޭނަމަ ބިމުގައި ފިރުކެމުންވެސް އެ ދެ ނަމާދަށް އައީސްކަން ކަށަވަރެވެ.“

(މިއީ ނޫރުލް އިސްލާމް ވެބްސައިޓްގައި  ޢަބްދުﷲ ޞިއްދީޤު ލިޔުއްވާފައިވާ ލިޔުއްވުމެެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.)

އެއް ކޮމެންޓް

  1. Fathis namaadhuge ihu 2 sunnai kuraane goi ves liyeli nama v furihama vees batakah ehcchegge muhimmu kan kithanmme varakah bune dhinas ekan enmme furihama gothugaa kuraane goi neyngenyaa kobaa beynumeh

    1. Sunnah rak’at adhaa kuran hithunyath gannanvee fathis namaadhuge ihu sunnah 2 rak’ath adaa kuran hithun niyath gannameve. Dhen ehen namaathuthakekey ves ehgothah namaadhu adaa kuraanee 2 raka’at nimmaafa furathama ahthahiyyath kiyavaanee dhen fahu ahthahiyath kiyavafa salaam dheynee.

  2. Sunnah rak’at adhaa kuran hithunyath gannanvee fathis namaadhuge ihu sunnah 2 rak’ath adaa kuran hithun niyath gannameve. Dhen ehen namaathuthakekey ves ehgothah namaadhu adaa kuraanee 2 raka’at nimmaafa furathama ahthahiyyath kiyavaanee dhen fahu ahthahiyath kiyavafa salaam dheynee.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close