ޚަބަރު

މާލޭގައި މީހަކު ބަރަހަނާކޮށް ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

މާލޭގައި މީހަކު ބަރަހަނާކޮށް ބިރުދައްކައި ބްލެކްމެއިލްކުރި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މާލޭޣައި 27 އަހަރުގެ ދިވެހި ފިރިހެނަކު ބްލެކްމައިލްކޮށް ބިރުދައްކައި ބަރަހަނާކޮށް ވީޑިއޯކޮށް ފައިސާ ހޯދަން އުޅުނުކަމުގެ މައްސަލައެއް ރޭ 03:49 ހާއިރު ފުލުހުނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

މި މައްސަލައާއިގުޅިގެން 24 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެއް ރޭ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އެ އެންމެންނަކީވެސް ދިވެހި ފިރިހެނުންކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ އިތުރަށް ތަޙްޤީޤްކުރަމުން އަންނަކަމަށްވެސް ފުލުހުން ކުރިން ބުނެފައިވީނަމަވެސް ފަހުން ދެންމެ ފުލުހުން ބުނީ މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާތީ ތިން މީހުން ވެސް ދޫކޮށްލާފައިވާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close