ޚަބަރު

ބަރުލަމާނީ ނިޒާމަކީ ރައްޔިތުންނަށް އެއްވެސް ފައިދާއެއްހުރި ނިޒާމެއްނޫން – ގާސިމް

ބަރުލަމާނީ ނިޒާމަކީ ރައްޔިތުންނަށް އެއްވެސް ފައިދާއެއްހުރި ނިޒާމެއްނޫންކަމަށާއި، ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ހެޔޮނުވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖްލިސްގެ ރައީސް އޮނަރަބުލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ މައިމަރުކަޒު މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާ ގައި ގާސިމް އެހެން ވިދާޅުވެފައިވަނީ އެމްޑިޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ގާސިމް ވިދާޅުވީ، ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރުމަކީ ފައިދާއެއް ނެތް އަދި އެކަމާ މެދު ސުވާލެއް ވެސް އޮތް ކަމެއް ނޫން ކަމަށެވެ.

ގާސިމް މީގެ ކުރިންވެސް ވިދާޅުވަމުން ގެންދަވަނީ އަންނަ އޭޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީ އަށް މަޖިލިހުގެ މެޖޯރިޓީ ދޭން ނުޖެހޭނެކަމަށާއި، ގިނަ ގޮނޑިތަކެއް އެ ޕާޓީއަށް ލިބިއްޖެ ނަމަ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާނެކަމަށެވެ.  

ގާސިމް މިމޭރުމުން ވާހަކަ ދައްކަވާއިރު އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ގެންދަވަނީ  ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރަން ވަކާލާތު ކުރައްވަމުންނެވެ. އަދި މި އިންތިޚާބުގައި އެމްޑީޕީއަށް މެޖޯރިޓީލިބިއްޖެ ނަމަ، ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރަން މަޖިލިހުގެ ތެރެއިން އެމްޑީޕީން ކުރާ މަސައްކަތްތައް ވަރުގަދަވާނެ ކަމަށް އިދިކޮޅުންވެސް ދަނީ އަޑުފަތުރަމުންނެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close