އަކްރަމް ސްޓެލްކޯގެ ޖެނެރަލް މެނޭޖަރަކަށް ހަމަޖައްސައިފި
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް ކަމުގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އަކްރަމް ސްޓެލްކޯއާ ގުޅިވަޑައިގެންފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަކްރަމް ސްޓެލްކޯއާ ގުޅިވަޑައިގެންފައިވަނީ މި ހަފްތާ ތެރޭގައެވެ. ސްޓެލްކޯ ގައި އޭނާ އަދާ ކުރައްވަނީ ސްޓެލްކޯގެ ސޭލްސް ސެންޓަރުގެ ޖެނެރަލް މެނޭޖަރުގެ މަގާމެވެ. އެ މަގާމަށް އަކްރަމް ހޮވިވަޑައިގަތީ އެ މަގާމަށް ކުރިމަތިލައްވައިގެން ކަން ވަނީ ކަށަވަރު ވެފައެވެ.
އޭނާ އީސީގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވި އިރު ވަނީ އެއް ދައުރު ފުރިހަމަ ކުރައްވައި ދެވަނަ ދައުރުގެ ދެއަހަރު ދުވަހު މަސައްކަތް ކުރައްވާފައެވެ.
އަކްރަމް ސްޓެލްކޯއާ ގުޅިވަޑައިގެން އިރު، މިހާރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާގެ މަގާމު ފުރުއްވަމުން އަންނަނީ ކުރިން އީސީގެ ރައީސް ކަމުގެ މަގާމު ފުރުއްވި އަހްމަދު ޝަރީފެވެ. ޝަރީފް ސްޓެލްކޯގެ އެމްޑީގެ މަގާމު ފުރުއްވަން ފެއްޓެވިތާ އަދި މިވީ ދެމަސް ދުވަހެވެ.

އިންޖީނުގޭ ކުދިން ވަރަށް ބޮޑަށް ވިސްނަންޖެހޭ. ހާއްސަކޮށް މީހުންގެ އަނބިން. ވަރަށް ތޫނޫ މީހެއްމީނާއަކީ. ރީކޯގެ ޅިޔަނެއް