ޚަބަރު

އިޒްރޭލުގެ އުދުވާންތައް ހުއްޓާލަން ހަންގެރީ ފިޔަވައި، އީޔޫގެ ހުރިހާ ޤައުމަކުންވެސް ގޮވާލައިފި

އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ އިންސާނިއްޔާ ޚިލާފު އުދުވާންތައް ހުއްޓައިލުމަށާއި، ގާޒާގައި ހިނގަމުންދާ ކުރިމަތިލުންތައް ވަގުތުން ހުއްޓައިލުމަށް ހަންގެރީ ފިޔަވައި ވިލާތުގެ އިއްތިހާދުގެ ހުރިހާ ޤައުމަކުން ގޮވާލާއިފިއެވެ.

އިއްތިހާދުގެ 27 ގައުމުގެ ތެރެއިން، އެ ބަޔާނަށް އެއްބަސްނުވަނީ ހަންގެރީ އެކަނި ކަމަށާއި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތުން، ގާޒާގެ ގިނަ އަދަދެއްގެ އާންމުން މަރުވުމަކީ، ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ވެރިޔާ ޖޯސެޕް ބޮރެލް ވިދާޅުވިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޔޫރަޕިއަން ޔޫނިއަނުން މިގޮތަށް ގޮވާލިނަމަވެސް އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި މައްސަލަ ހައްލުކުރަން އެ ޖަމާއަތުން އަޅާނެ ފިޔަވަޅުތަކަކާ މެދު، އެ ގައުމުތަކަށް އެއްބަސް ވެވިފައެއް ނުވެއެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި އިސްރާއީލް ސިފައިން ދިން ވައިގެ ހަމަލާތަކުގައި ޣައްޒާގެ ދެކުނުގެ ރަފާހްގައި ހުންނަ ކުވައިތީ ހޮސްޕިޓަލަށްވެސްވަނީ ގެއްލުންތަކެއް ލިބިފައެވެ. އަދި އިސްރާއީލް ސިފައިން ރޭގެ ވަގުތެއްގައި ދިން ވައިގެ ހަމަލާތަކުގައި ބައެއް ގެތައް ވެސްވަމޯބިމާ ހަމަކޮށްފައެވެ. ރެއަކީ އިސްރާއީލުން ފަލަސްތީންގެ ޣައްޒާ އަށް މި ފަހުން ހަމަލާދޭން ފެށި ފަހުން އެންމެ ވަރުގަދަ ހަމަލާތަކެއް ދިން އެއް ރެއަށް ވާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close