ކުޅިވަރު

ބޮޑު ޚަރަދަކުރި ސިޓީގެ ފެށުން ސުމެއް

މިފަހަރުގެ ފުޓްބޯޅަ ސީޒަނަށް އަމާޒުކޮށް ބޮޑު އަގުގައި ބޮޑު ޙަރަދުތަކެއްކޮށް ކުޅުންތެރިންތަކެއް ގަނެގެން މުބާރާތްތަކާއި ކުރިމަތިލި މެންޗެސްޓާ ސިޓީ ކުޅުނު ދެ ވަނަ މެޗުންވެސް ބަލިވެއްޖެއެވެ.

މިފަހަރުގެ ސީޒަން ހުޅުވުމުގެ ގޮތުން  ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ލެސްޓާ ސިޓީ އަތުން ބަލިވި ސިޓީއިން މިފަހަރުގެ އިންގުލިސް ޕްރެމިއަރ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވަނީ ނޫނޯ ސަންޓޯގެ ޓޮޓެންހަމް ހޮޓްސްޕާސް އަތުންނެވެ. ރޭ ކުޅެވުނު މި މެޗުން ސިޓީ ބަލިވެފައިވަނީ 1-0 ލަނޑުންނެވެ.

ރޭ ކުޅެވުނު މި ފޯރިގަދަ މެޗުގެ ތަރިއަކަށް ވެފައިވަނީ ބޮޑު އަގުގައި ސިޓީއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އަޑު އަރާފައިވާ އިނގިރޭސި ޤާއުމީޓީމުގެ ކެޕްޓަން ހެރީ ކޭންގެ އެޓޭކިން ޕާޓްނަރުގެ ގޮތުގައި ޓޮޓެންހަމަށް ކުޅެމުން އަންނަ ސަން ހިއުންގް މިން އެވެ ސަން ވަނީ މިފަދަ މުހިއްމު މެޗުތަކުގައި ޓޮޓެންހަމްއަށް ހިތްގައިމު އެތަށް ގޯލުތަކެއް ކާމިޔާބުކޮށްދީފައެވެ.

ސިޓީގެ ކޯޗް ގާޑިއޯލާ ރޭގެ މެޗަށް ވަނީ، އިންގްލެންޑްގެ ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑު އަގުގައި ކްލަބު ބަދަލު ކުރި ޖެކް ގްރިލީޝް އަށް ފުލުކޮށް ކުޅެން ފުރުސަތު ދިން ނަމަވެސް މީނާގެ ފަރާތުން މާބޮޑު އެދެވޭ ތަފާތު ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. މި އާއި ޚިލާފަށް ޓޮޓެންހަމްއަށް އަލަށް ގެނެވުނު ކޯޗް ސަންޓޯގެ ގޭމް ޕްލޭނަށް އޭނާ ވަނީ ވަރަށް ރަނގަޅަށް އޭނާގެ އާ ޓީމު ސެޓްކޮށްފައެވެ. ހާއްޞަ ގޮތެއްގައި އޭނާގެ ކުއްލި ކައުންޓް އެޓޭކު ގޭމް ފެނިގެން ދިޔަތަން ފާހަގަ ކުރެވުނެވެ.  

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close