ޚަބަރު

ނަޝީދަށް ހަމަލާދޭން އިރުޝާދުދިން އެންމެ އިސް މީހާ ހުރީ ދޫވެފައި، އޭނާ މިހާރުވަނީ ހައްޔަރުކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދށް އަމާޒުކޮށް ބޮން ގޮއްވާލި ހަމަލާދޭން އިރުޝާދުދިން އެންމެ އިސް މީހާހުރީ މުޖުތމަޢުއަށް ދޫވެފައި ކަމަށާއި، އެކަމަކު އޭނާ މިހާރުވަނީ ހައްޔަރު ކޮށްފައި ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަކުރައްވައިފިއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހަމަލަ ރޭވުމުގައި އިސް މީހަކީ ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ކަމަށެވެ. އޭނާ ހައްޔަރު ކުރީ އިއްޔެ އައްޑޫ ސީޓީން ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ.

އޭނާ އަކީ 2017 ވަނަ އަހަރު ވެސް ބޮމެއް ހަދަމުން ދަނިކޮށް ހައްޔަރު ކުރި މީހެކެވެ. އެކަމަކު ކޯޓުން 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ ދޫކޮށްލާފައެވެ. އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް ފަހުން އެމައްސަލަ ވަނީ އަނބުރާ ގެނެސްފައެވެ.

ހަމީދު ވިދާޅުވީ ތަހުގީގަށް މިހާތަނަށް ހޯދުނު މައުލޫމާތުތަކުގެ އަލީގައި މި ހަމަލާ ދިނުމުގައި ބައިވެރިވި ފަރާތްތަކުން ނަޝީދު އަވަހާރަކޮށްލަން ނިންމީ އެ ފަރާތްތައް ގަބޫލުކުރާ ކުރުންތަކުގެ މައްޗަށް ނިންމައިގެން ކަމަށެވެ. އަދި އެކަމުގެ ރޭވުންތަކާއި ތައްޔާރީތައް 2019 ވަނަ އަހަރުން ފެށިގެން ވަމުން އައިސް 2020 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން، މި ހަމަލާ ދިނުމުގެ ގޮތުން އަމަލީ ގޮތުން މަސައްކަތް ފަށާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

ހައެއް މެއިގައި ނަޝީދަށް ދިން ހަމަލާގައި މިގޮތަށް ހަމަލާދޭން އުޅުނު ތިން ވަނަ ފަަހަރު ކަމަށް ސީޕީ ވިދާޅުވިއެވެ.

މި މައްސަލައިގެ ތަހުގީގަށް 640 އަށް ވުރެ ގިނަ މީހުންނާ ސުވާލުކޮށް، 218 މީހަކާ އިންޓަވިއުކޮށް އެ މީހުންގެ ބަޔާން ނަގާފައިވެ އެވެ.. އަދި އަމިއްލަ މީސްމީހުން ބޭނުންކުރާ 109 ސީސޓީވީ ފުޓޭޖު ތަހުގީގުގައި ބެލި އެވެ. މީގެ އިތުރުން މާލެ އާއި ހުޅުމާލޭގައި ފުލުހުން ހަރުކޮށްފައިވާ 370 ކެމެރާއެއް ބެލި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close