ޚަބަރު

ހާލުގައިޖެހުނު ޢާއިލާތައް ގެއަށް ބަދަލުކުރަނީ

މިދިޔަ ބުދަ ދުވަހު މާލެއަށްކުރި ވިއްސާރައިގައި، މުޅި މާލެކަހަލަގޮތަކަށް ފެންބޮޑުވެ 160 ވަރަކަށް ޢާއިލާއަށް އެކަމުގެ އަސަރުކޮށް އަދި ރައްކާތެރި ތަނަކަށް ބަދަލުކުރަންޖެހުނު 2 ޢާއިލާ އަލުން އެމީހުންގެ ގެއަށް ބަދަލުކުރުމުގެ މަސައްކަތް ކުރާމުންދާކަަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ.

ޑިޒާސްޓާގެ ސެންޓަރުން ބުނީ އެތާންގެ ބެލުމުގެ ދަށަށް ގެނައި ދެ އާއިލާގެ ތެރެއިން ގެއަށް ބަދަލުނުކުރެވި މިހާރު ވަނީ އެންމެ އާއިލާއެއް ކަމަށާއި އެ އާއިލާވެސް މިރޭ ނުވަތަ މާދަމާ ގެއަށް ބަދަލުކުރެވޭނެކަމަށެވެ.

ޑިޒާސްޓަރއިން ބުނެފައިވަނީ ގެއަށް ބަދަލު ނުކޮށް ހުރި އާއިލާ ދިރިއުޅެމުންދާ ގެއަށް ދިމާވި މައިގަނޑު މައްސަލައަކީ ނަރުދަމާ ނިޒާމަށް ދިމާވި މައްސަލައެއްކަމަށެވެ. ނަމަވެސް މިހާރު އެކަން ޙައްލުކޮށް، ގެއަށް މީހުން ބަދަލުކުރުމުގެ ކުރިން ބަލަންޖެހޭ ބެލުންތައް ބަލަމުންދާކަމަށް ޑިޒާސްޓަރއިން ބުނެފައިވެއެވެ. އެގޮތުން އެންޑީއެމްސީއާއި، ހެލްތް މިނިސްޓްރީއިން ގޭގެ މާޙައުލަކީ މީހުން ބަދަލުކުރުމަށް ރައްކާތެރި މާޙައުލެއްތޯ ބެލުމަށް އެ ގޭގައި ޓީމެއް މަސައްކަތް ކުރަމުންދާކަމަށް އެންޑީއެމްސީއިން ބުނެއެވެ.

އެންޑީއެމްސީން ބުނީ މިކާރިސާގައި ގެއްލުނު ޢާއިލާތަކަށް ލިބުނު ގެއްލުމުގެ ތަފްޞީލްތައް ހޯދަމުން ދާކަމަށާއި، ގެއްލުމުގެ ތަފްސީލްތައް ބެލުމަށްފަހު، ކަނޑައެޅިފައިވާ ގައިޑްލައިންގެދަށުން ބަދަލު ދިނުމުގެ މަސައްކަތް ކުރާނެކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close