ޅެން

ހިތަށް އިހުސާސްވަނީ…..!

ހާއުފާވެރި މައްސަރުން ލިބިދިން އުފާތައް ވަކިވަނީ

                  އާހުގައި ލިޔެވުނު އެޞަފުޙާ އާއެކީ ފޮތް ބާއްވަނީ

ރޭތަކެއް އަޅުކަންވެވުނު މީޒާނުގައި ބުރަވާނެހެން

                ރޭތަކާ ވަކިވާކަމުގެ އިހުސާސް ހިތަށްވެސް ވެރިވަނީ

ފެށުމަކުން ނިމުމެއްއައުން އޮތްކަން ހިތަށް ވެރިކުރުވަމުން

              ވޮށުއަލިން ވީއެ އަލިކަން ގޮސްމަޑުމަޑުން ކަނިވެސްވަނީ

ހިތުގެ ނާނާއެއް ކަމަށް ވީއަޅުކަމާ ތަސްބީޙަތައް

                 ހިތުގެ ދަރުދެއް ކަމުވެދާ ނޭބީދައިން ވަކިވެސްވަނީ

އަޅުކަމުން ލިބިދޭއުފާ ނިމުމެއްނެތޭ އެހެނަސްލިބުން

              އަޅުތަކުން އަޅުކަންކުރަން ފުރުޞަތު މިތާ ލިބިގެންވަނީ

ޖަންނަތުގެ މަތިވެރިކަމާ އެތަނުން ލިބޭނެ ސަވާބަކާ

               ޖަންނަތުން ލިބެވޭނެކަން ޝައްކެއް ނުވާހިތް ހެކިވަނީ

ކައުޘަރުގެ ވާދީން އިތުރު ކައުސާހިބާ ދުށުމަށްއެދޭ

                ނިޢުމަތުގެ ތަނަވަސްކަމަށް އެދިގެން ދުޢާ ކުރުމޭވަނީ

ހިތްއުފާ ކުރުމޭވަނީ މާތްނިޢުމަތަށް ކުރަމުންޢަމަލު

                   ހިތްއެދޭ ނިޢުމަތްލިބުން އުންމީދުގައި މިދުޢާވަނީ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close