މެޗުގެ އިތުރުވަގުތުގައި ބެންޒޭމާ ކާމިޔާބުކުރި ގޯލާއެކު ރިއަލް 2 ވަނައަށް
ސްޕެނިސް ލަލީގާގައި ރިއަލް މެޑްރިޑާއި އެލްޗޭ ބައްދަލުކުރި މެޗު 2 – 1 ލަނޑުން ކާމިޔާބުކޮށް ޕޮއިންޓް ޓޭބަލްގެ 2 ވަނައަށް ރިއަލްމެޑްރިޑް ޖެހިލައިފިއެވެ. ރޭގެ މެޗުގައި ރިއަލް މެޑްރިޑުން ޖެހި 2 ލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފްރާންސްގެ ފޯވާރޑް ކަރީމް ބެންޒޭމާއެވެ.
ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗުގައި ފުރަތަމ ލަނޑެއްޖަހާ ކުރި ހޯދާފައިވަނީ އެލްޗޭއެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ 61 ވަނަމިނިޓްގައި ޑޭނީ ކަލްވޯއެވެ.
އެލްޗޭގެ ލަނޑަށް ފަހު ރިއަލްއިން އިތުރަށް ކުޅުން ރަނގަޅުކޮށް އެލްޗޭގެ ގޯލަށް ނުރައްކާކުރަން ފެށުމުގެ ނަތީޖާއަކަށްވެގެން ދިޔައީ މެޗުގެ 73 ވަނަ މިނިޓްގައި ލުކާ މޮޑުރިޗްގެ ރީތި ހުރަހަކުން ބެންޒޭމާގެ ބޮލުން ޖަހާ ގޯލުތެރެއަށް ފޮނުވާލާގެން ރިއަލްގެ ފުރތަމަ ގޯލް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނުމެވެ. މިނަތީޖާއާއި އެކު މެޗު ނިމޭނެކަމަށް ހީކޮށްގެންތިންބައި މި މެޗުން ރިއަލް މޮޅުވި ލަނޑު ބެންޒޭމާ ކާމިޔާބުކޮށްދިނީ މެޗުގެ 91 ވަނަ މިނިޓްގައި ރެޑްރިގޯ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ.
ރޭގެ މިނަތީޖާ އާޢިއެކު ރިއަލް މެޑްރިޑުމިވަނީ 27 މެޗުން 57 ޕޮއިންޓް ހޯދާ ތާވަލުގެ 2 ވަނަ އަށް ޖެހިލައިފައެވެ. ތާވަލުގެ އެންމެ ކުރީގައި އެތުލެޓްރިކޯ މެޑްރިޑް އޮތީ 27 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. އަދި ވާދަވެރި ބާސަލޯނާއަށް 26 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު ބާސާ އޮތީ ތާވަލުގެ 3 ވަނާގައެވެ.

