އަވަސް ގޯލުތަކަކާއި އެކު ސިޓީއަށް ބޮޑު މޮޅެއް
ލީގުގައި ރޭ މެންޗެސްޓާ ސިޓީއިން ވަނީ ފުރަތަމަ ހާފުގެ 25 މިނިޓް ތެރޭގައި 4 ގޯލުޖަހާ އަދި ލެސްޓާރއިން ފަހުހާފުގައި 3 ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ގާތްވެފައިވަނިކޮށް އިތުރު ދެ ލަނޑު ޖަހާ 3-6 ގެ ބޮޑުތަފާތަކުން މޮޅުވެ ލީގުގައި އެޓީމުން ދަމަހައްޓަމުން އަންނަ ލީޑު ދަމަހައްޓާފައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ދެ ވަނައިގައި އޮތް ލިވަޕޫލަށް ވުރެ އެއް މެޗު އިތުރަށް ކުޅެ (19 މެޗުން) ވަނީ 47 ޕޮއިންޓް ހޯދާފައެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 18 މެޗުން 41 ޕޮއިންޓް ލިބިފަ އެވެ. ރޭ އެސްޓަންވިލާގެ މައްޗަށް ކުރި ހޯދައިގެން ޗެލްސީ ވެސް ވަނީ 19 މެޗުން 41 ޕޮއިންޓް ހަމަކޮށްފަ އެވެ. ލީގުގެ ފުރަތަމަ ކޮޅު ޓޭބަލުގެ ފުލުގައި އޮތް އާސެނަލް ވަނީ ރޭ ނޮވިޗް ސިޓީގެ މައްޗަށް ކުރި ހޯދައިގެން ޓޭބަލުގެ ހަތަރު ވަނައިގައި ހަމަޖެހިލައިފަ އެވެ. އެއީ 19 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. މީގެ އިތުރުން އިޓަލީގެ ކޮންޓޭގެ ކޯޗުކަމުގައި ލީގުގައި ބަލިނުވެ، އޮތް ޓޮޓެންހަމް ވަނީ 16 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ. ރޭ ކްރިސްޓަލް ޕެލަސްގެ މައްޗަށް ކުރި ހޯދި ޓޮޓެންހަމަށް މެޗުތައް ހަމަވާއިރު ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު މިވަނީ ތަނަވަސް ވެފައެވެ.
ސިޓީ އާއި ލެސްޓާރ ބައްދަލުކުރި މެޗުގައި ފުރަތަމ ގޯލުޖަހާ ގޯލު ހުޅުވާލައި ދިނީ އޭރިއާތެރެއިން ކެވިން ޑިބްރާނާ ޖެހި ގޯލުންނެވެ. ދެވަނަ ގޯލް ސިޓީ އަށް ދިން ޕެނަލްޓީއަކުން ކާމިޔާބު ކުރީ ރިޔާދު މާރޭޒްއެވެ. އެޓީމުގެ 3 ވަނަ ލަނޑު މެޗުގެ 21 ވަނަ މިނިޓްގައި ގުންޑޮގާން އެވެ. އަދި ސިޓީގެ 4 ވަނަ ގޯލު މެޗުގެ 25 ވަނަ މިނިޓްގައި ޕެނަލްޓީއަކުން ކާމިޔާބުކުރީ ރަހީމް ސްޓާލިން އެވެ.
ރޭގެ މި މެޗުގެ ދެވަނަ ހާފުގައި ލެސްޓާއިންވަނީ ތިން ގޯލު ޖަހާ ސިޓީ ހާސްކޮށްލާފައެވެ. މި ތިންގޯލް ޖަހާފައިވަނީ ޖޭމްސް މެޑިސަން އާއި އަޑެމޯލާ ލުކްމަން އަދި ކުރިން ސިޓީއަށް ކުޅުނު އިހެނާޗޯ އެވެ. މި މެޗުގައި ސިޓީއިން ފަރަގު ބޮޑުކުރި ދެ ލަނޑު ޖަހާފައިވަނީ އައިމެރިކް ލަޕޯޓާއި ސްޓާލިން އެވެ.



