ޚަބަރުކުޅިވަރު

އިންޓަރ މިލާނުން 21 ވަނަ ފަހަރަށް އިޓާލިއަން ލީގުގެ ތަށި އުފުލާލައިފި

އިޓާލިއަން ސެރިއާގައި ރޭ ކުޅުނު މެޗުގައި ޕާމާ އަތުން 2-0 އިން މޮޅުވެ، އިންޓަރ މިލާނުން 21 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ކާމިޔާބުކޮށްފިއެވެ.

މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ހާފުގެ ފަހުވަގުތު މާކަސް ތުރާމް ކާމިޔާބުކޮށްދިންއިރު، ދެވަނަ ލަނޑު މެޗު ނިމެން ދިހަ މިނިޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ހެންރިކް މިޚްތާރިޔަން އެވެ.

މި މޮޅާއެކު އިންޓަރ މިލާނަށް ވަނީ ލީގުގައި ބާކީ ތިން މެޗު އޮއްވާ 82 ޕޮއިންޓާއެކު ތަށި ކަށަވަރުވެފައެވެ. ތާވަލުގެ ދެވަނައިގައި އޮތް ނަޕޮލީ އަށް 72 ޕޮއިންޓް ލިބިފައިވާއިރު، ބާކީ ހުރި މެޗުތަކުން މޮޅުވި ނަމަވެސް އިންޓަރއާ އަރާ ހަމައެއް ނުކުރެވޭނެއެވެ. މިއީ 2024 ވަނަ އަހަރަށްފަހު އެ ޓީމުން ސެރިއާގެ ތަށި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

މެޗަށް ނިކުތްއިރުވެސް އެންމެ ޕޮއިންޓަކުން ތަށި ކަށަވަރުވާން އޮތް އިންޓަރ އިން ވަނީ މުޅި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މި ކާމިޔާބީއާއެކު އިންޓަރ މިލާން ވެގެންގޮސްފައިވަނީ އިޓަލީގެ ފުޓްބޯޅަ ތާރީޚުގައި 21 ފަހަރު ލީގު ކާމިޔާބުކުރި ދެވަނަ ޓީމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close