މާލޭގައި ކްރިސްމަސް ފާހަގަ ނުކުރެވޭނެ ކަމަށްބުނެ ސިޓީ ކައުންސިލުން ބަޔާނެއް ނެރެފި
މާލޭގައި ޣައިރު މުސްލިމުން ފާހަގަ ކުރާ ކްރިސް ދުވަސް ފާހަގަ ނުކުރެވޭނެ ކަމަށްބުނެ މާލޭ ސިޓީ ކައުންސިލުން ބަޔާނެއް ނެރެފިއެވެ.
ސިޓީކައުންސިލުން މިބަޔާން ނެރުނުއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ޣައިރު ދީންތަކުގައި ފާހަގަ ކުރާ ދުވަސްތައް ފާހަގަ ކުރުމަކީ ގާނޫނު އަސާސީން މަނާ ކުރާ ކަމެކެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެކި ގައުމުތަކުގައި ކްރިމަސް ދުވަސް ޣައިރު މުސްލިމުން ފާހަގަ ކުރިޔަސް ކްރިސްމަސް ދުވަހާ ގުޅިގެން އެފަދަ އެއްވެސް ހަރަކާތެއް މާލޭ ސިޓީގައި ހިންގުމަކީ އެ ކައުންސިލުން އެއްވެސް ހާލެއްގައި ހިތްވަރު ދޭ ކަމެއް ނޫންކަމަށެވެ.
އެފަދަ އަމަލުތައް މާލޭ ސިޓީގައި ހިންގުމަކީ މި ކައުންސިލުން ހުއްދަދޭ ކަމެއް ނޫންކަމުގައި ވެސް ބުންޏެވެ.
ސިޓީ ކައުންސިލުން މިފަދަ އެންގުމެއް އެންގި ނަމަވެސް މި ފަހުގެ އަހަރުތަކުގައި މާލޭގައި ފާޅުކަން ބޮޑު ގޮތެއްގައި ކްރިސްމަން ފާހަގަ ކުރެ އެވެ. އަދި އެކަމަށް އެދެވޭ ފިޔަވަޅެއް އޅިފައި ނުވާކަންވެސް ފާހަގަ ކުރެވެ އެވެ.

Thiyakurevuneeheyoamureh kommehenkuranjehey amuteh