ޚަބަރު

ކާނިވާސަރަޙައްދު ފުރާލުމަށްފަހު އިދިކޮޅު ޕީޕީއެމުން ކައުންސިލްގެ އިންތިޚާބު ލޯންޗްކޮށްފި

ފަހުގެ ތާރީޚެއްގައި މީހުން ނުދާހާ ގިނަމިންވަރަކަށް ޖަލްސާއަށް މީހުން ޖަމާކޮށް މުޅި ކާނިވާ ސަރަޙައްދު އެއްކޮށް ފުރާލުމަށްފަހު އިދިކޮޅު ޕީޕީއެމުން ކައުންސިލްގެ އިންތިޚާބުގެ ކެމްޕެއިން ލޯންޗްކޮށްފިއެވެ.

ޕީޕީއެމްގެ ސްޓިއަރިންގ ކޮމެޓީން ބުނީ “މީއީ މަގޭ ރާއްޖެ” މިނަމުގައި ޕީޕީއެމްއާއި ޕީއެންސީ ހިމެނޭ ކޯލިޝަނުން ކަނިވާ ސަރަހައްދުގައި މިރޭ ބޭއްވި އެއްވުމަކީ ކައުންސިލް އިންތިޚާބަށް ޕީޕީއެމްއިން ވާދަކުރާ ކެނޑިޑޭޓުންގެ ސިޔާސަތުތަކާއި މުޅި ޕާޓީގެ ސިޔާސަރު ހާމަކުރުމަށް ބޭއްވި އެއްވުމެއްކަމަށެވެ. ޕީޕީއެމްއިން ކައުންސިލް އިންތިޚާބުގައި ވާދަކުރަނީ ޕީޕީއެމްގެ ރައިސް އަދި ކުރީގެ ރައީސް ޔާމީންގެ ފިކުރާއި ތަސައްވުރާއެއްގޮތަށް މައިގަނޑު ފަސް ސިޔާސަތަކާއެކު ސިޓީތަކާއި ރަށްތައް ތަރައްޤީކުރުމަށްކަމަށް އެފަރާތުން ބުނެއެވެ.

ޕީޕީޢެމްގެ ކެމްޕެއިންގެ ފަސް ސިޔާސަތުގެ ތެރޭގައި ހިމެނެނީ އިސްލާމް ދީން ހިމާޔަތްކުރުން، މިނިވަން ޤައުމު، ފުދުންތެރި ރައްޔިތުން، އަމާން ދިރިއުޅުން، އަދި ތަހުޒީބު ކައުންސިލް މިއެވެ.

މިއެއްވުމުގައި ޕީޕީއެމްގެ ފަރާތުން ކައުންސިލް އިންތިޚާބުގައި ސީޓީތަކުގެ މޭޔަރުންނަށް ވާދަކުރައްވާ ބޭފުޅުވަނީ އެފަރާތްތަކުން އެސިތީތަކުގެ ކުރިއެރުމާއި ތަރައްޤީއަށް ގެންގުޅުއްވާ ވިސްނުންތައް ހާމަކޮށްފައެވެ. އެގޮތުން އެފަރާތްތަކުންވަނީ ކައުންސިލްތަކަށް ހޮވިއްޖެނަމަ ރަށްރަށުގެ އިޤްތިސާދުކޮޅަށްޖަހަން މަސައްކަތްކުރާނެކަން ހާމަކޮށް، ރައްޔިތުން ފުދުންތެރިބަޔަކަށް ހައްދަވާނެކަމަށް ވިދާޅުވެފައެވެ.

ޕީޕީއެމްގެ ކެނޑިޑޭޓުންވަނީ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ކުރާ އެއްވެސްކަމަކަށް އެޕާޓީގެ ކައުންސިލަކުން ހުރަސް ނާޅާނެކަމަށާއި، ރައްޔިތުންގެ ކުރިއެރުމާއި، ރަށްރަށަށް ތަރައްޤީ ޤެނައުމަށް ސަރުކާރަށް ޕްރެޝަރުކުރާނެކަން ހާމަކޮށްފައެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އަދުގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ސަރުކާރަށް އެކަށިގެންވާގޮތެއްގައި ރާއްޖެއަށް ތަރައްޤީ ނުގެނެވޭކަމަށް ތުހުމަތުކުރައްވާފައެވެ.

ޕީޕީއެމްގެ ކައުންސިލަރުން ވެގެންދާނީ ރައްޔިތުންގެ ހެވާލާބައަށްޓަކައި ސަރުކާރާއި ގުޅިގެންވެސް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރިބަޔަކަށްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ސަރުކާރުހިންގާ މައިޕާޓީ އެމްޑީޕީ ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ހުސްގޮނޑިތައް ގިނަޢަދަދަކަށް ހުރިނަމަވެސް ރޭ އެސަރަޙައްދުގައި ޕީޕީއެމުން ބޭއްވި ޖަލްސާއަށް އެއްވިމީހުންގެ ޢަދަދު ގިނަވެ ގިނަބަޔަކުވަނީ އެސަރަޙައްދުން ބޭރުގައިވެސް މަޑުކުރަން ޖެހިފައެވެ. ގިނަ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޭގެ ޖަލްސާގައި އާދަޔާ ޚިލާފަށް އެޕާޓީގެ ސަޕޯޓަރުން ބައިވެރިވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close