ކުޅިވަރު

މެސީގެ ހިތްގައިމު ގޯލުންވެސް ހޯދުނީ އެއްޕޮއިންޓް

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅެވުނު މެޗުގައި ލިއޮނަލް މެސީ ހިލޭޖެހުމަކުން ކާމިޔާބުކުރި ހިތްގައިމު ލަނޑުން އާޖެންޓީނާ އަށް ލީޑުނަގައިދީފައި ވަނިކޮށް ޗިލީން 1-1 އިން މެޗުގެ ފަހު ހާފިގައި އެއްވަރުކުރުމުން އާޖެންޓިނާއަށް ޕޮއިންޓަކުން ފުއްދާލަށް ޖެހިއްޖެއެވެ.

ބުރެޒިލްގައި މިހާރު ކުރިއަށްދާ މި މުބާރާތުގައި އެޤައުމުގެ އެސްޓަޑިއޯ އޮލިމްޕިކޯ ސްޓޭޑިއަމްގައި ރޭ ކުޅެވުނު މެޗުގެ 33 ވަނަ މިނިޓްގައި މެސީ ހިލޭ ޖެހުމަކުން ހިތްގައިމު ގޯލެއް ޖެހިއިރު، އެ ބޯޅަ ގޯލަށް ވަނީ ޗިލީގެ ކީޕަރު ކްލައުޑިއޯ ބްރާވޯ އަތުގައި ޖެހިފަ އެވެ. މި ގޯލާ އެކު މެސީ ގައުމީ ޓީމަށް ޖެހި ގޯލުގެ އަދަދު ވަނީ 73 އަށް އަރައިފަ އެވެ.

ރޭގެ މެޗުގެ ނަތީޖާ ޗިލީން އެއްވަރުކުރީ ދެވަނަ ހާފުގައި މެޗުގެ 57 ހަވަ މިނިޓްގައި އެޑޮއާޑޯ ވާގާސްޖެހި ގޯލަކުންނެވެ. މިއީ ޗިލީއަށް ލިބުނު ޕެނަލްޓީ އަކުން ޗިލީގެ އާޓޫރޯ ވިޑާލް ފޮނުވާލި ބޯޅަ އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް އަތުގައި ޖެހި، ހުރަސްދަނޑީގައި ޖެހިފައި ލިބުމުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބު ކޮށްދިން ލަނޑެކެވެ.

ރޭގެ މި މެޗަކީ މި މުބާރާތުގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުކަމުން މޮޅަކުން ފެށުމަށް އެޓީމުން ވަރަށް ބޮޑަށް މަސައްކަތްކުރިތަން ފެނިގެން ދިޔައެވެ. ނަމަވެސް ޗިލީގެ ގޯލުބެލެހެއްޓި ތަޖުރިބާކާރު ގޯލްކީޕަރ ބްރާވޯގެ ހުޝިޔާރުކަމާއިއެކު އާޖެންޓީނާއިން ކުރަމުން ދިޔަ މަސައްކަތްވަނީ ނާކާމިޔާބުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close