މެން ޔުނައިޓެޑްގެ މެގުއަޔަރ އޭނާގެ ފާޑުކިޔުންތެރިން ގޯސްކަން ސާބިތުކޮށްދޭނެ – ސޮލްޝަޔާރ
މެންޗެސްޓަރ ޔުނައިޓެޑްގެ މެގުއަޔަރ އަށް ފާޑުކިޔާ އޭނާގެ ފާޑުކިޔުންތެރިންގެ ވިސުނުން ގޯސްކަން ސާބިތުކޮށްދޭނެކަމަށް އެކްލަބްގެ މެނޭޖަރ ސޮލްޝަޔާރ ބުނެފިއެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއަޔަރ އަކީ ދަނޑުމަތީގައި އަދި ދަނޑުން ބޭރުގައި ވެސް “އެބްސޮލިއުޓް ސްޓެވާޓް” އެއް ކަމަށާއި އިންގްލެންޑް އިންޓަނޭޝަނަލް އިން އޭނާގެ ފާޑުކިޔުންތެރިންގެ އަޑު ކަނޑުވާލާނެ ކަމަށް މެނޭޖަރު އޮލޭ ގުނަނަރު ސޮލްސްކަޔަރ ބުނެފި އެވެ.
އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެ ޔުނައިޓެޑް ވަނީ ޕްރިމިއާ ލީގުގެ ތާވަލުގެ ހަ ވަނަ އަށް ވެއްޓިފަ އެވެ.
އޭގެ ތެރޭގައި ލިވަޕޫލުއަތުން 5-0 އިން ބަލިވުމާއި ވާދަވެރި މެންޗެސްޓާ ސިޓީ އަތުން 2-0 އިން ބަލިވުން ހިމެނެ އެވެ.
މިދިޔަ ސީޒަންގައި ކްލަބް ކެޕްޓަންކަން ކުރި މެގުއަޔަރ އަތުން މި ސީޒަނުގައި ކެޕްޓަން ބޭންޑް ނެދުމާމެދު އަދި ނުވިސްނާ ކަމަށް މެނޭޖަރ ސޮލްޝަޔާރ ވަނީ ބުނެފައެވެ.
“ނޫން، އަހަރެން ނުވިސްނަން ކެޕްޓަންގެ ބޭންޑް އޭނާއަތުން ނަގާކަށް ” ޔުނައިޓެޑްގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ކޮމެންޓްތަކުގައި ސޮލްޝަޔާރު ބުންޏެވެ.



