ކުޅިވަރު

އެތުލެޓިކޯބަލިކޮށް ޗެލްސީން އުންމީދު ބޮޑުކޮށްފި

މިހާރު ކުރިއަށްދާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި މިވަގުތު ސްޕެނިސް ލީގުގެ އެއްވަނާގައި އޮތް އެތްލެޓިކޯ މެޑްރިޑް ބަލިކޮށް އިނގިރޭސި ކުލަބް ޗެލްސީން ގަދަ 8 އުއްމީދު ބޮޑުކޮށްފިއެވެ.

އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ނިމުނީ 1-0 ގެ ނަތީޖާއަކުންނެވެ. މިނަތީޖާ ނިކުތް ގޮތުން އަންނަ މަހުގެ 18 ވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާ ދެވަނަ ލެގު ޗެލްސީގެ ދަނޑުގައި ކުޅޭގޮތަށް އޮތުމުން އެޓީމަށް އެޑްވާންޓޭޖުތަކެއް އޮތްނަމަވެސް އެތުލެޓިކޯއަށްވެސް މި ނަތީޖާ އަނބުރާލުމުގެ ފުރުޞަތު އެބައޮތެވެ.

ރޭ ކުޅެވުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ލަނޑެއް ފެނިގެނެއްނުދިޔަ އެވެ. ނަމަވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމުންވެސް ތަނަވަސްކޮށްފައިވެއެވެ. މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ޗެލްސީގެ ފަރާތުން މި މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.

ޗެލްސީގެ ކޯޗުކަމާއި ދާދިފަހުން ހަވަލުވި ތޯމަސް ޓުޗެލްގެ ކޯޗުކަމުގައި ޗެލްސީން ބަލިނުވެ ފުރިހަމަކުރި 8 ވަނަ މެޗުގައި ޗެލްސީއަށް ލަނޑު ކާމިޔާބުކޮށްދިނީ އުމުރުން 34 އަހަރުގެ ޖިރޫޑްއެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭވެސް ދެމެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު އެންމެ ފޯރިގަދަވާނެކަމަށް ބެލެވެނީ އެޓްލާންޓާ އާއި ރިއަލް މެޑްރިޑް ބައްދަލުކުރާމެޗެވެ.

މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ ދަންވަރު 1.00 ގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close