ޅެން

ކުރާ ފުން އަސަރު

މިހިތަށް ކުރާ ފުން އަސަރުތައް، ފެނިގެން ކުރާ ނަމައީ ފިކުރު

        މިހިތުން ފިލާ ނުދެޔޭ ވަކިން، ލޯކުރިމަތިން ފެނެޔޭ އަސަރު

  އެކުގައި އުޅުނުހާ ވަގުތުތައް، ފަސްއެޅި އެދިޔައީ މާދުރަށް

         ދެކެވުނު އެ ހުވަފެން ބަދަލުވީ، ދެގޮތެއް ނުވާށޭ މުޅި އުމުރު

  ކުރަމުން މިދާ ދިގުދަތުރުގައި، ހިތުގައިމިވާ ރަހުމާ ކުލުނު

         ހަރަމުން އެދާ ވިހަ ހަންޒަރުން،  ދުރުކޮށްލަދޭ ށޭ ތިޔަ ނަޒަރު        

   މިހިތަށް އުދާހެއް ލިބުނަކަސް، މަޢިދާނުގައި ސާބިތުވަމޭ

          މިހިތުން ކުރާ ޝަކުވާތަކަށް، ވިސްނާބަލާ  އަދި އެއްފަހަރު

  ހިތުގައި އޮވޭ ބިންވަޅު ނަގާ، ލައްގަނޑު ވަކިން ނުފިލާ ހުރޭ

            އިތުބާރުވީ ގޮތަކުން ބަލާ، ބޮވިދާނެ ނޫނީ ހިތި ޒަހަރު     

    ފިކުރާ ޚިޔާލުތަކުން ވަށާ، ކަސްދޮޅުއެޅީ މުޅި ރޫޙުބާ

       ޙިކުމަތުގެ ޤާނޫނެއް ވިޔަސް، އިޚްލާސްތެރިވި ހިތްހެޔޮ މިތުރު         

    ލައްވާށިއޭ މާތް ރަޙްމަތާ، ހެޔޮގޮތް އަބަދު މުޅި އުމުރުގައި

            ދެއްވުން އެދޭ ދުނިޔޭން މޮޅާ، ހަންހާރަވީ ފަޚުރާ ޤަދަރު

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close