ބޭކާރުވި ޙަޔާތް!
މުޅިދިރިއުޅުން ތިޔަހެންކަލާ ރުޅިވެރިކަމާ ނުރުހުންވުމުން،
ފަޅިފަޅިވެގެން ހިތްއެބަދެޔޭ ވޭނުންލިބޭ ހިތްދަތިކަމުން.
އެކުގައިދެހިތް ގުޅުވައިލިގޮތް ލޯބިންނުލާހިކު ރުހެވިގެން.
އެކުއުޅުމުގައި ހުރިފަރަގަކުން ބަދަލޭމިވީ ދެހިތުގެގުޅުން.
ބަރުބާދުވުން މުޅިޒިންދަގީ ގާތޭނިކަން މިދެވޭމަގުން،
ވަރުބަލިވެގެން ވެއްޓޭނެހެން ހީވޭނިކަން ވަރުދެރަވުމުން.
މިހަޔާތުގައި ލިބިގެންދަނީ ކެކުޅުންތަކޭ އަބަދުމެމިހެން،
މީހަކުއެދިން އެނަޞޭޙަތުން ޢިބުރަތްނުލިބި އުޅެވުނުކަމުން.
ކުރެވުނުއެތައް އުންމީދުތައް ގެއްލިއްޖެޔޭ ނުބެލުނުކަމުން،
ކުރެހުނުއެތައް ތަސްވީރުތައް ފަނޑުވެއްޖެޔޭ މިގޮތަށްވުމުން.
ޢިބުރަތްތަކެއް ލިބިގެންމިދާ އުފަލެއްނުލިބި މިޙަޔާތުގައި،
ޢިބުރަތްނިކަން ހިތިކަންމިއަދު އެނގިގެންދެޔޭ ވިސްނާލުމުން.
ފެންނަންދުރުން ހެޔޮގޮތްއޮތަސް ނުފެނޭލޮލަށް ގިނަފަހަރުގައި،
ފެންކޯވަރެއް ދިނުމުންނިކަން ހިތްފުރިދެޔޭ ޣާފިލުވުމުން.