ހަތަރުކިލޯގެ މަސްތުވާއެއްޗިއްސާއެކު ތިންދިވެހިން ލަންކާއިން ހައްޔަރުކޮށްފި
ހަތަރު ކިލޯގެ ހެރޮއިންއާ އެކު ތިން ދިވެން ރޭ ސްރީލަންކާއިން ހައްޔަރުކޮށްފި އެވެ. މި ތިންމީހުންވެސް ހައްޔަރުކޮށްފައިވަނީ ސްރީ ލަންކާގައި ގިނަ އަދަދެއްގެ ދިވެހިން އުޅޭ ދެހިވަލަ ސަރަހައްދުންނެވެ.
މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ތިން ދިވެހިންނާ އެކު އިތުރު ތިން މީހަކު ވެސް ހައްޔަރުކުރި ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. ނަމަވެސް އެއީ ލަންކާމީހުންކަމެއް ނުވަތަ އެހެން ޤައުމަކަށް ނިސްބަތްވާ މީހުންކަމެއް އަދި ނޭންގެއެވެ. އަދި އެ މީހުން ބޭނުންކުރި ދެ ކާރެއް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ސްރީލަންކާގެ ބައެއް ނޫސްތަކުން ބުނާގޮތުން ހައްޔަރުކުރި މީހުން މިއަދުގެ ވަގުތެއްގައި ކޯޓަށް ހާޒިރުކުރާނެ އެވެ.
މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ލަންކާއިން ދިވެހިންވަނީ ގިނަޢަދަދަކަށް އެކިއެކި ދުވަސްވަރު ހައްޔަރުކޮށްފައެވެ.

